Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ކޯރަމް ހަމަނުވެގެން މިއަދަށް އެޖެންޑާކުރި މަޖިލިސް ޖަލްސާ ނުބޭއްވުނު

މިއަދަށް އެޖެންޑާކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފި އެވެ.
މަޖިލީހުގެ ޖަލްސާ ފަށަށް ޖަމަޖެހިފައި އޮންނަ ގަޑިކަމުގައިވާ ހެނދުނު 9:00 ވީއިރު ވެސް ކޯރަމް ހަމަވާ ވަރަށް މެންނަރުން ތަޅުމަށް ވަޑައިނުގަންނަވާތީ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަން އިއުލާން ކުރައްވާފަ އެވެ.
މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާއިރު، ކޯރަމް ހަމަވާން ބޭނުންވަނީ 22 މެންބަރުންނެވެ. އެކަމަކު އެ އަދަދަށް ވެސް މިއަދު މެންބަރުން ވަޑައިނުގެންނެވި އެވެ.
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުބޭއްވުނު އިރު އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ މެޖޯރިޓީ އޮންނަ ވެރިކަންކުރާ އެމްޑީޕީއާ ދެމެދު ވަނީ އަރައިރުމެއް ވެސް އުފެދިފަ އެވެ.
އެގޮތުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށްފަހު އެމްޑީޕީން އަނެއްކާވެސް ރޭ ވަނީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފަ އެވެ.
މި ލިއުމާއި ގުޅޭ