Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޑަކުދިންނަށް ގޯނާކުރުން

ފަނަރަ އަހަރުގެ އަންހެންކުއްޖަކު ރޭޕުކޮށް ބަނޑުބޮޑުކުރި މައްސަލައެއް ފެންމަތިވެއްޖެ

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކޮށް އޭނާ ބަނޑުބޮޑުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް ރަސްމީކޮށް އެއްވެސް އިދާރާއަކުން މި ހާދިސާ ހިނގީ ކޮން ރަށެއްގައިކަން ހާމަނުކުރެއެވެ.

އަންހެންކުއްޖާ ރޭޕުކޮށް ބަނޑުބޮޑުވުމުން ބަނޑުގައި އޮތް ދަރިފުޅު ވައްޓައިލަން އެ ރަށުގެ ފިރިހެނުންތަކެއް މަސައްކަތްކޮށް، އެ ކުއްޖާއަށް ދަރި ވައްޓާ ބޭސް ގަދަކަމުން ދޭން އުޅުނުކަމަށްވެސް އަޑު ފެތުރިފައިވެއެވެ.

ފުލުހުންގެ އިދާރާއިން ހަމައެކަނި ބުނެފައިވަނީ 18 އަހަރުނުވާ އަންހެންކުއްޖަކު ދަރިމައިވި މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް ހިނގާ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހުގައި އައިސްފައިވާ ކަމަށެވެ.

މި މައްސަލައަކީ ކުޑަކުއްޖަކު ޝާމިލުވާ މައްސަލައެއްކަމަށްވާތީ އިތުރު އެއްވެސް ތަފުސީލެއް ހިއްސާނުކޮށް ފުލުހުން ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

މި ލިއުމާއި ގުޅޭ