Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

ރައީސް ޔާމީނުގެ ޝަރީޢަތް ފަސްކުރާކުރުން ޑރ.ޖަމީލު ސިފަކުރެއްވީ ނިމުމެއް ނެތް އަނިޔާއެއްކަމުގައި

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލައިގެ އަޑުއެހުންތައް ފަސްކުރުމަކީ ނިމުމެއް ނެތް އަނިޔާއެއްގެ ގޮތުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ސިފަކުރައްވައިފިއެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ ވ.އާރަށް މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތަކުގެ ތެރެއިން މިއަދަށް ތާވަލުކުރި އަޑުއެހުމާއި އެންމެ ފަހުން ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހަށް ތާވަލުކުރި އަޑުއެހުންވެސްވަނީ ކެންސަލްކޮށްފައެވެ.

މި ދެ އަޑުއެހުންވެސް ކެންސަލުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެންނެވެ. އެ މައްސަލަ ތާވަލުކުރުމަށްފަހު ޕީޖީ އޮފީހުން އެދިގެން ކެންސަލުކުރަމުން އަންނާތީ ރައީސް ޔާމީނުގެ ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އަޑުއެހުންތައް ކެންސަލުކުރަނީ ސަރުކާރުގެ ނުފޫޒުން އެމަނިކުފާނު ބަންދުގައި ބެހެއްޓުމުގެ ބޭނުމުގައެވެ.

މި މައްސަލާގައި މިއަދު ޑރ.ޖަމީލު ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ބާއްވަން ތާވަލުކުރި ރައީސް ޔާމީނުގެ ޝަރީޢަތް ޕީޖީ އޮފީހުން އެދިގެން އެންމެ ފަހު ވަގުތު ކެންސަލުކުރުމަށް ދެއްކި ހުއްޖަތަކީ މައްސަލައަށް ތައްޔާރުނުވެވުން ކަމަށެވެ.

އަދި މިއީ ނިމުމެއް ނެތް އަނިޔާއެއްކަމަށް ސިފަކުރައްވައި ޑރ.ޖަމީލު ސުއާލުކުރެއްވީ އަދުލު އިންސާފަކީ ސަމާސާއަކަށްވެސް، އިންސާފު ޤާއިމުކުރުމުގެ މަސައްކަތަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު ގަސްތުގައި ހުރަސްއަޅުއްވާއިރު އެކަން ކޯޓުތަކުން ތަހައްމަލުކުރާނީ ކިހައި ދުވަހަކުތޯއެވެ.

އޭގެ އިތުރަށް ޕީޖީ އޮފީހުން މިފަދައިން މައްސަލަ ދިގުލައިގެންދާނެ ގޮތަށް އަމަލުކުރަމުންދާއިރު ކޯޓުތަކުން ޕީޖީއާމެދު އެއްވެސް ފިޔަވަޅެއް ނާޅަނީ ކީއްވެތޯވެސް ޑރ.ޖަމީލު ސުއާލުކުރެއްވިއެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުނީވެސް އެމަނިކުފާނު ހައިކޯޓަށް ހުށަހެޅުއްވި އިސްތިއުނާފީ މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން އެ މައްސަލާގައި ގޮތެއް ނުނިންމި އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރައްވަން ޝަރުތު ފުރިހަމަނުވާކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.

އެމަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އެމަނިކުފާނުގެ ޤިޔާދަތުގައި ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ޑރ.މުޙައްމަދު މުޢިއްޒު ވާދަކުރައްވައި ރިޔާސީ އިންތިޚާބުގެ ދެބުރުވެސް ކާމިޔާބުކުރެއްވިއެވެ. އިންތިޚާބުގެ ނަތީޖާއަށްފަހު ސަރުކާރުންވަނީ އެމަނިކުފާނު ޖަލުން ގެކޮޅަށް ބަދަލުކޮށްފައެވެ.

މި ލިއުމާއި ގުޅޭ