Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާ ރަށަކަށް ތ. ގުރައިދޫ

ނިމިދިޔަ ރިޔާސީ އިންރިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުއިއްޒަށް އެންމެ މަތީ ޕަސެންޓޭޖަކުން ވޯޓު ލިބިގެން އެންމެ ފުރަތަމަ ވަޑައިގަންނަވާ ރަށަކަށްވާނީ ތ. ގުރައިދޫ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ދަތުރުކުރެއްވި އިރު ކޮންމެ ރަށަކުންވެސް އެދެމުން ދިޔައީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެރަށަކަށް ވަޑައިގަތުމަށެވެ، އެހެން ކަމުން އެންމެ ފުރަތަމަ ދާނެ ރަށެއް ނިންމުމަކީ ފަސޭހަ ނިންމެވުމަކަށް ނުވުމާއިއެކު ޕާޓީގެ ލީޑާޝިޕުގައި މަޝްވަރާކޮށް ނިންމީ، އިންތިހާބަށް ފަހު އެންމެ ފުރަތަމަ ޒިޔާރަތް ކުރާނީ، އެންމެ މަތީ ޕަސެންޓޭޖަކުން ވޯޓު ލިބުނު ރަށަކަށް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

އެއްފަހަރާ ހުރިހާ ރަށަކަށް ނުއެއް ދެވޭނެ، އެހެންވީމާ އަޅުގަނޑުމެން ތެރޭ މަޝްވަރާ ކޮށްލާފަ އައި ހިޔާލަކަށްވީ، އެންމެ އިންސާފުވެރި ގޮތަކަށް ވާނީ އިންސައްތަ އެންމެ މަތިން ހޯދާ ރަށަކަށް ދިޔާމަ ގައިމުވެސް (ފުރަތަމަ) ނުދެވޭ ރައްރަށު ބޭފުޅުންނަށްސް ފެނިވަޑައިގަންނަވާނެ އެއީ އަސްލުގަ ކިހިނެއް ވެގެންކަން (އެރަށަކަށް ފުރަތަމަ އެ ދިޔައީ) އެހެން އެވީ!
ޑރ. މުއިއްޒު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުއިއްޒަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިފައި ވަނީ ތ. ގުރައިދޫއިން ކަމަށް ވުމާއިއެކު ޑރ. މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާ ރަށަކަށްވާނީ ތ. ގުރައިދޫއެވެ. ރިޔާސީ އިންތިހާބުގައި އެ ރަށުގައި ދެ ފޮށި ބެހެއްޓިއިރު، އެއް ފޮށިން 75.6 ޕަސެންޓު، އަނެއް ފޮށިން 72.4 ޕަސެންޓު ޑރ. މުއިއްޒު ހޯއްދެވިއެވެ.

ތ. ގުރައިދޫ އަކީ އަބަދުވެސް ޕީޕީއެމް/ޕީއެންސީއަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. ސަރުކާރުގެ ތެރެއިން ނިންމަން ހުރި މުހިންމު ކަންތައްތައް ނިންމުމަށްފަހު ވީހާވެސް އަވަހަށް ގުރަދޫއަށް ވަޑައިގަންނަވާނެ ކަމަށް ޑރ. މުއިއްޒު ވަގުތު ޓީވީ އަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ