Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ދޮންދަރިއަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން ވެސް ތާއީދުކޮށްފި

ކުޑަކުއްޖަކު އިތުބާރުކުރަންޖެހެ މަގާމެއްގައިހުރެ، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 15 އަހަރަށް ޖަލަށްލަން ދަށު ކޯޓުން ކުރި ހުކުމް ބާތިލްކުރަން ނުޖެހޭ ކަމަށް ހައިކޯޓުން ނިންމައިފި އެވެ.
އެ ފިރިހެން މީހާގެ މައްޗަށް ކުޑަކުއްޖަކާއެކު އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކު އެކުއްޖާއާއިއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލީ، އޮކްޓޯބަރު 10، 2018 ގައި އޭނާގެ ދޮންދަރީގެ ކުރިމަތިފަރާތުގައި އަތްލާފައިވާތީ އެވެ.
އެ މައްސަލަ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ނިންމައި 2020 ވަނަ އަހަރު ދަށު ކޯޓުން ހުކުމްކުރީ އެމީހާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.
އެ މައްސަލަ އެމީހާ ހައިކޯޓުގައި އިސްތިއުނާފުކުރީ ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަޞީލަތްތައް ލިބިދިނުމާ ނުލާ މައްސަލަ ކުރިއަށް ގެންގޮސް ކުށް ސާބިތުވާކަމަށް ނިންމާފައިވާކަމަށް ބުނެ، ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށް އެދި އެވެ.
އެކަމަކު ހައިކޯޓުން ބުނީ ވަކީލަކު އައްޔަން ކުރުމަށް އެކަށީގެންވާ ފުރުޞަތު ދީފައިވާކަމުންނާއ،ި ދައުލަތުން ރައްކާތެރިކުރުމަށް އެދުނު ލިޔުންތައް ޝަރީޢަތުގައި ދިރާސާ ކުރުމަށް މު ޙައްމަދު ޝިޔާންއަށް ފުރުސަތު ދީފައިވާ ކަމުންނާއ،ި މުޙައްމަދު ޝިޔާނާ ދެކޮޅަށް ހުށަހެޅުނު އެންމެހައި ހެކިންނާ ސުވާލުކޮށް މުނާޤަޝާ ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ދެވިފައިވާކަން އެނގެން އޮންނަ ކަމަށެވެ.
އަދި އެކަންކަމަށް ބަލާއިރު ދައުވާ ލިބޭ ފަރާތަށް އެކަށީގެންވާ ވަޞީލަތްތައް ލިބިފައިވާ ކަމަށް ބުރަވެވޭ ކަމަށް ހައިކޯޓުން ބުންޏެވެ.
ގާނޫނާ ހިލާފަށް ހެކި ހޯދާފައިވާ ކަމަށް ދައުވާ ލިބޭ ފަރާތުން ބުނި ނަމަވެސް ހައިކޯޓުން ބުނީ އެނާ ތަޙްޤީޤަށް ދިން ބަޔާނަކީ ޤާނޫނާ ޚިލާފަށް ނަގާފައިވާ ބަޔާނެއް ކަމުގައި ބަލައި އެ ބަޔާން އެއްފަރާތްކުރި ނަމަވެސް ކުއްޖާ ކިޔައިދިން ކިޔައިދިނުމަށް ބާރު ލިއްބައިދޭ ކާފީ ހެކި ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ހަމައެކަނި އެ ނުކުތާއަށް ރިޢާޔަތްކޮށް މައްސަލަ ބާޠިލް ނުކުރެވޭނެ ކަމަށް ބުންޏެވެ.
ހުރިހާ އިސްތިއުނާފީ ނުކުތާއަކަށް ބެލުމަށްފަހު އެ ގަޒިއްޔާ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހައިކޯޓުން ހުކުމްކުރީ ދަށު ކޯޓުން ކުރި ހުކުމަށް ބަދަލުގެންނަން ނުޖެހޭ ކަމަށެވެ.
މި ލިއުމާއި ގުޅޭ