Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ!

ހޯމް މިނިސްޓަރު އިމްރާން އަބްދުުﷲ ތުރުކީއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

އަދާލަތު ޕާޓީން ހާމަކުރިގޮތުގައި މިނިސްޓަރު އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ވެރިކަންކުރާ ޕާޓީ އޭކޭ ޕާޓީގެ ދައުވަތަކަށެވެ.

އަދާލަތު ޕާޓީން ބުނީ ތުރުކީން ލިބުނު ދައުވަތަށް އެ ގައުމަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވަނީ އެ ޕާޓިގެ ރައީސް އިމްރާނާއި އެޕާޓީގެ ނައިބު ރައީސް ފިނޭންސްގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަރީފުކަމަށެވެ.

އެ ޕާޓީން ބުނިގޮތުގައި އެދެބޭފުޅުން ވަޑައިގަންނަވަނީ ތުރުކީ ވިލާތުގެ ވެރިކަން ކުރާ ޑިވެލޮޕްމަންޓް އެންޑް ޖަސްޓިސް ޕާޓީގެ ހާއްސަ ދައުވަތަކަށް އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިނިސްޓަރު އިމްރާން ތުރުކީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު ރިޔާސީ އިންތިހާބުން ރައީސް އިބްރާހީމް މުހައްމަދިު ބާލިހް ބަލިވެވަޑައިގަންނަވާނެކަން ޔަގީންވެ މިނިސްޓަރު އިމްރާން އަބްދުالله ރާއްޖެ ދޫކޮށް ދިޔުމަށް ނިންމަވައިފާވާކަމަށް މީގެ ކުރިން ވަނީ އަޑުތައް ފެތުރިފައެވެ.

އިމްރާންގެ ވަރަށް ގާތް ފަރާތަކުން "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ގޮތުގައި, މިނިސްޓަރު އިމްރާން އަދި އޭނާގެ އަނބިކަނބަލުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޔުމްނާ ވަނީ ތުރުކީއަށް ފުރުމަށް އޭރުވެސް ޓިކެޓު ނަންގަވާފައެވެ.

މި ލިއުމާއި ގުޅޭ