ނޭޝަން ގޭމާސް ލޭންޑް - ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިންގ ފެސްޓިވަލް ގައި ކުރިއަށް ދާ މުބާރާތްތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ގޭމިން ފެސްޓިވަލްގައި ބޭއްވޭ މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކުގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށްވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރހާ ގޭމަރުންނަށް ދައުވަތު އަރުވައެވެ. އުރީދޫ ނޭޝަން ދަ ގޭމާސް ލޭންޑް ގޭމިންގ ފެސްޓިވަލްގައި ހިމެނޭ މުބާރާތްތަކުގައި ހިމެނެނީ:
• 3 ވަނަ އަށް ދާ ފަރާތަށް 6،000ރ ގެ ފައިސާ ގެ އިނާމު
ކޮސްޕްލޭ ޗެލެންޖްގައި ބައިވެރިވުމަށް ރެޖިސްޓަރ ވާ ފަރާތްތަކުން އުރީދޫ ނޭޝަން ގޭމަރސް ލޭންޑް ގޭމިން ފެސްޓިވަލަށް އަންނަން ވާނީ އެ ބައިވެރިއަކަށް އެންމެ ކަމުދާ ކެރެކްޓަރ އެއްގެ ކޮސްޓިއުމުގައެވެ. 19 އަދި 20 އޮކޓޯބަރު ގައި މި ގޭމިންގް ފެސްޓިވަލްގައި ކޮސްޓިއުމްތައް ދައްކާލުމުގެ ފުރުސަތު ލިބިގެން ދާއިރު 3 ޖަޖުން ބައިވެރިންގެ ކޮސްޓިއުމްތައް ޖަޖް ކޮށް އެންމެ ފުރިހަމަ އަށް ކޮސްޓިއުމް ތައްޔާރު ކޮށްފައިވާ ބައިވެރިއަކަށް 10،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.
• 3 ވަނަ އަށް ދާ ފަރާތަށް 5،000ރ ގެ ފައިސާ ގެ އިނާމު
• 1 ވަނަ އަށް ދާ ފަރާތަށް 5،000ރ ގެ ފައިސާ ގެ އިނާމު
• 2 ވަނަ އަށް ދާ ފަރާތައް 3،000ރ ގެ ފައިސާ ގެ އިނާމު
• 3 ވަނަ އަށް ދާ ފަރާތަށް 2،000ރ ގެ ފައިސާ ގެ އިނާމު
މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ގޭމަރުންނަށް 15 އޮކްޓޯބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59 ގެ ކުރިން http://ore.do/gamersland މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައްވެސް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 19 އުރީދޫ ނޭޝަން – ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގަ އެވެ. 2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑަރ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމުން ފައިނަލްގައި ވާދަކުރާނެއެވެ. ޕަބްޖީ މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް ލިބޭ ފައިސާ ގެ އިނާމުތަކުގެ ތެރޭގައި 1 ވަނަ އަށް ދާ ޓީމަށް 50،000ރ ގެ ފައިސާ ގެ އިނާމު،
2 ވަނަ އަށް ދާ ޓީމަށް 20،000ރ ގެ ފައިސާ ގެ އިނާމު،
3 ވަނަ އަށް ދާ ޓީމަށް 10،000ރ ގެ ފައިސާ ގެ އިނާމު،
4 ވަނަ އަށް ދާ ޓީމަށް 5،000ރ ގެ ފައިސާ ގެ އިނާމު ގެ އިތުރުން
5 ވަނައިން ފެށިގެން 10 ވަނަ އަށް ދާ ޓީމުތަކަށް 1،500ރ ގެ ފައިސާ ގެ އިނާމު އަދި
11ވަނަ އިން ފެށިގެން 16 ވަނަ އާއި ހަމައަށް ވަނަ ހޯދާ ޓީމުތަކަށް 1،000ރ ގެ ފައިސާ ގެ އިނާމު ވަނީ ހަމަ ޖެހިފައެވެ.
މި މުބާރާތްތަކުގެ އިތުރުން ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް އެކްސްޕްލޯކުރުމާއި، ރައްޓެހިންނާއެކު ޖަސްޓް ޑާންސްއަށް ޑާންސް ކުރުމާއި، ތްރޯ ދަ ހޫޕް ފަދަ ގޭމުތަކުގެ އިތުރުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އެވެ. ކުޑަކުދިންނަށް ހާއްސަ ކިޑްސް އެރީނާ އަދި ޔޫވީ ފޭސް ޕެއިންޓު ސްޓޭށަންގެ އިތުރުން ފޮޓޯ ބޫތުއެއްވެސް ހިމެނިގެންދާނެއެވެ.