Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ހުޅުލޭ ދާއިރާއެއް ނެތީމަ އެއާޕޯޓު މަސައްކަތުގެ ވާހަކަ ދައްކާނެ މެންބަރަކު ނުވޭ: ވައްޑެ

ހުޅުލެއަކީ ވަކި ދާއިރާއަކަށް ނުވީމައި ހުޅުލޭ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތް ވާހަކަ ދައްކާނެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ނެތް ކަމަށް އެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މެންބަރު ވަހީދު މިފަދައިން ވިދާޅުވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލަށް މިއަދު ވާހަކަ ދައްކަވަމުންނެވެ.

ވައްޑެ ވިދާޅުވީ ހުޅުލެއަށް މެންބަރަކު ކަނޑައަޅާފައި ނެތުމުން ފާއިތުވީ ފަސް އަހަރު ދުވަހުތެރޭ އެއާޕޯޓު ނުނިމި މަސައްކަތް ހުއްޓިފައިވާ ވާހަކަ ދައްކާނެ މެންބަރަކު ނުވި ކަމަށެވެ.

އަދި ދާއިރާތަކަށް ނިސްބަތްވާ މެންބަރުން ވާހަކަދައްކަވާއިރު ހަމައެކަނި އެ ދާއިރާއަކާއި ގުޅުން ހުރި ކަންކަމުގެ ވާހަކަތައް ދައްކާއިރު މުޅި ގައުމުގެ މަސްލަހަތާއި ގައުމުގެ ތަރައްގީގެ ވާހަކަ އޮންނަނީ ހަވާސާގައި ބޭއްވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުޅުލޭ އިންޓަނޭޝަނަލް އެއަޕޯޓަކީ މުޅި ގައުމުގެ އިޤްތިސާދު ބިނާވެފައިވާ ތަނެއް ކަމަށާއި ނަމަވެސް އެތަނުގެ ތަރައްޤީއަށް އަދި މައްސަލަތަކުގެ ވާހަކަ ދައްކާނެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ނެތްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ޖުމްލަކޮށް ރާއްޖޭގެ މައްސަލަތަކަށް ވަކާލާތު ކުރާ އަދި އެ މައްސަލަތައް ހައްލުކުރުމަށް ބަހުސްކުރާ ބަޔަކަށް ވާން ޖެހޭކަމަށް ވައްޑެ ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ