Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޓީސީސީ

އިންތިހާބަށް އިއުލާނުކުރި އެމްޓީސީސީގެ ވަޒީފާ އިއުލާނުތައް ބާތިލުކޮށްފި

ނިމިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕިއާ ނާކާމިޔާބު ވުމުން، އެ އިންތިހާބާ ދިމާކޮށް އެމްޓީސީސީ އިން އިއުލާންކުރި ގިނަ އަދަދެއްގެ ވަޒީފާ އިއުލާންތަން ބާތިލުކޮށްފި އެވެ.

މިއަދު އެ ކުންފުނިން ގެޒެޓްކުރި އިއުލާނެއްގައި ވަނީ މިދިޔަ މަހުގެ 19 އާއި 28 އާ ދެމެދު މީހުން ހޯދަން އިއުލާންކުރި ތިރީހަކަށް ވަޒީފާ އިއުލާން ބާތިލުކޮށްފަ އެވެ.

އެ ހުރިހާ ވަޒީފާއެއް ވެސް އިއުލާންކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމަށެވެ.
ބާތިލުކުރި ބައެއް ވަޒީފާތަކުގެ ތެރޭގައި ސައިޓް އިންވެންޓްރީ އެސިސްޓަންޓް، ސައިޓް އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް، ކޮންޕެނީ ސެކިއުރިޓީ އޮފިސަރ، އެސިސްޓަންޓް ކުއަންޓިޓީ ސަރވޭޔަރ، ކްރޫ، އޮޓޯމޯބައިލް ޕެއިންޓަރ، ސީނިއަރ އޮޑިޓަރ ހިމެނެ އެވެ.

އަދި ކޯލް ސެންޓަރ އޮޕަރޭޓަރ، ޕްރޮޑަކްޓްސް އޮފިސަރ، ޓެކްނިކަލް އެސިސްޓަންޓްވެލްޑަރ، އޭސީ ޓެކްނީޝިއަން، ސޮފްޓްވެއަރ ޑިވެލޮޕަރ، މެކޭނިކަލް އިންޖިނިއަރ، މެކޭނިކް، އޮޓޯ މޯބައިލް އިލެކްޓްރީޝިއަން، އޭސީ ޓެކްނީޝިއަން، ފެރީ އެޓަންޑަންޓް، ސްޕީޑް ބޯޓް ކެޕްޓަން، ސައިޓް އިންވެންޓްރީ އެސިސްޓަންޓް، އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓްގެ ވަޒީފާ ވެސް ހިމެނެ އެވެ.

މިދިޔަ މަހު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ދިމާކޮށް ވެސް އެމްޑީޕީން ރައީސް އިބްރާހީމަށް ވޯޓު ލުމަށް ޝަރުތުކޮށް ވަޒީފާއާއި ފައިސާ ބެހި އެވެ.
އެކަމަކު އެ ބުރުން ލިބުނު ނާކާމިޔާބީއާއެކު އަނެއްކާވެސް އިތުރަށް ވަރުގަދައަށް އެ މަސައްކަތް އެމްޑީޕީން ފެށި ނަމަވެސް ދެވަނަ ބުރު ވެސް 18،000 ވޯޓު ކުރީގައި އޮވެ ކާމިޔާބު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

އެމްޓީސީސީން އިއުލާންކުރި ގިނަ އަދަދެއްގެ ވަޒީފާ އިއުލާންތައް މިއަދު ބާތިލުކުރުމުން އެ ވަޒީފާތަކަކީ އެމްޑީޕީއިން ކެމްޕެއިނަށް މީހުނަށް ހުށަހަޅަން ނަމެއްގައި އިއުލާން ކުރި ވަޒީފާތަކެއްކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ.

މި ލިއުމާއި ގުޅޭ