Thursday 18th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

އިދިކޮޅު ހަރަކާތަށް ސްކޫލު ނުދީ އެމްޑީޕީގެ ހަރަކާތަކަށް ސްކޫލް ދިނުމާމެދު މޮސްޓާގެ ސުވާލެއް

އިދިކޮޅު ޕީޕީއެމްގެ ހަރަކާތެއް ބޭއްވުމަށް ސްކޫލު ދޭން އެޑިއުކޭޝަން މިނިސްޓްރީން ދެކޮޅު ހެދުމަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް ބޭއްވުމަށް ސްކޫލް ހޯލެއް ދިނުމަށް ނޮޅިވަރަމްފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ފާޑުވިދާޅުވެއްޖެ އެވެ.
ރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ފޮޓޯއަކާއާއެކު މިއަދު ކުރެއްވި ޓުވީޓެއްގައި މޮސްޓާ ވިދާޅުވީ އެއީ ހަމަ ގައިމު ވެސް ސަރުކާރުން މާލޭގައި ހިންގާ ސަރުކާރުގެ ސްކޫލެއްގެ ތެރެ ކަމަށެވެ.
އެކަމަކު ޕީޕީއެމް/ޕީއެންސީގެ ހަރަކާތެއް ބޭއްވުމަށް ނޮޅިވަރަމްފަރު ސްކޫލު އެޑިއުކޭޝަން މިނިސްޓްރީން ނުދިން ކަން ފާހަގަކޮށް މޮސްޓާ ވަނީ އެމްޑީޕީގެ ހަރަކާތަށް ސްކޫލު ދޫކުރީ ކޮން އުސޫލަކުންތޯ މިނިސްޓަރު އައިޝަތު އަލީއާ ސުވާލު ކުރައްވާފަ އެވެ.
އިދިކޮޅުގެ ހަރަކާތްތަކާއި، ސަލަފު ޖަމިއްޔާގެ ހަރަކާތްތައް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލު ނުދޫކުރާ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވެ އެވެ.
މި ލިއުމާއި ގުޅޭ