Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ވިލާގަނޑުގައި ސާޅީސް މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، ހއ އަތޮޅުން ފެށިގެން ދ އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރެފައިވާ އެލާޓްގައި ވާގޮތުން ހެނދުނު 08:00 އިން 13:00 އަށް އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާ އެކީގައި ގުގުރުން އެކަށީގެންވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.

މިދުވަސްކޮޅަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްކޮޅެކެވެ.

ފާއިތުވި 3 ދުވަހު ވެހުނު ވާރޭގައި މާލޭގެ އެކި ސަރަހައްދުގައިވެސް ވަރަށް ބޮޑަށް ފެންބޮޑުވިއެވެ.

މި ލިއުމާއި ގުޅޭ