Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

މި ހަފުތާ އެއްކޮށްވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ: މެޓް

މި ހަފްތާ އެއްކޮށްވެސް ރާއްޖޭގެ އެކި ހިސާބުތަނަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

މެޓުން ބުނިގޮތުގައި މި ދުވަސްވަރު ބޯކޮށް ވާރޭވެހުމުގެ އިތުރުން ވައި ގަދަވެ ކަނޑުތައް ގަދަވާނެއެވެ. އަދި މި ހަފްތާ އެެއްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މާލެއަށްވެސް މި ދުވަސްވަރު ބޯކޮށް ވާރޭ ވެހެމުން އަންނައިރު މެޓުން ވަނީ ހއ. އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓުން މިއަދު ވައިޓް އެލާޓ ްނެރެފައިވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ.

އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ލިއުމާއި ގުޅޭ