Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ވަހީދު (ވައްޑެ(

އިންތިޚާބަކުން ބަލިވީމާ ވާ ދެރައަށްވުރެ މާބޮޑަށް އަހަރެމެން ދެރަވީ ބޮން ގޮއްވާލިރޭ: ވައްޑެ

އިންތިޚާބަކުން ބަލިވީމާ ވާ ދެރައަށްވުރެ މާބޮޑަށް އަހަރެމެން ދެރަވީ ބޮން ގޮއްވާލިރޭ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވެފައިވެފައި މިވަނީ ނިމިދިޔަ ރިޔާސީއިންތިޚާބު ސަރުކާރު ހިންގާ އެމްޑީޕީއަށް ނާކާމިޔާބުވީ ޑިމޮކްރެޓުންގެ ތާއީދު ނުލިބުމާއި ގުޅިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާއި ގުޅިގެންނެވެ.

ވައްޑެ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު މަރާލަން ބޮންގޮއްވާލި ރޭ މާބޮޑު އަސަރެއް ނުކުރި ބަޔަކު ފެނުނުކަމަށެވެ. އަދި އެ ހަމަލާގެ ވާހަކަ ދެއްކުންވެސް ހުއްޓުވަން އުޅުނު ބަޔަކު ފެނުނު ކަމަށް ވައްޑެ ވިދާޅުވިއެވެ.

"އިންތިޚާބަކުން ބަލިވީމާ ވާ ދެރައަށްވުރެ މާބޮޑަށް އަހަރެމެން ދެރަވީ ބޮން ގޮއްވާލި ރެޔެވެ. އެކަމު އެރޭވެސް މާބޮޑު އަސަރެއް ނުކުރި ބަޔަކު ދުށީމެވެ. އެ ހަމަލާގެ ވާހަކަ ދެއްކުންވެސް ހުއްޓުވަން އުޅުނު ބަޔަކު ދުށީމެވެ." ވައްޑެ ވިދާޅުވިއެވެ.

މޭ 6، 2021 ގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ހުރަސްއެޅި ކަމަށް ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި އެކަމަށް ރައީސް ނަޝީދުގެ އަރިހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފަށް އެދޭ ކަމަށް ވެސް ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ