Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް ވިދާޅުވީ އެއްވެސް އެއްބަސްވުމެއް ސިއްރުކޮށްފައި ނޯންނާނެ ކަމަށް

މި ސަރުކާރުން ހަދާފައިވަ އެއްވެސް އެއްބަސްވުމެއްގައި އޮތް އެއްވެސް ކަމެއް ރައްޔިތުންނަށް ސިއްރުކޮށްފައި ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިދާރާތަކުގައި އެދިގެން އެއްބަސްވުންތައް ހާމަނުކުރުމުން އެތަކެތި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައި، ބައެއް މައްސަލަތަށް ކޯޓާ ހިސާބުގައި ވެސް އެބަ އޮތެވެ.
އޭގެ ތެރޭގައި އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވާ ތިލަމާލެ ބްރިޖު މަޝްރޫއުގެ އެއްބަސްވުމާއި، އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާގެ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުމާއި އިންޑިއާގެ ފުލުހުންނަށް އައްޑޫގައި ތިބެވޭ ގޮތަށް ހެދި އެއްބަސްވުމާއި، އިންޑިއާއެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމާއި ޑޯނިއާ އަދި ހެލިކޮޕްޓަރު އެއްބަސްވުން ހިމެނެ އެވެ.
ގާތްގަނޑަކަށް ހަ މަސް ދުވަސް ފަހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާ ގުޅޭގޮތުން "ދިޔަރެސް" އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ މި ސަރުކާރުން ސޮއިކޮށްފައިވާ އެފަދަ އެއްބަސްވުންތަކަކީ ކުރީ ސަރުކާރުން "ވާރުތަކޮށްފައިވާ" ތަކެތި ކަމަށެވެ. އަދި އޭގެ ތެރެއިން ގާނޫނީ ގޮތުން ހާމަކުރަންޖެހޭ ހުރިހާ އެއްބަސްވުންތައް މިހާރު ހާމަކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގާނޫނީ ގޮތުން ހާމަކުރަންޖެހޭ ހުރިހާ އެއްޗެއް މިހާރު ވާނީ ހާމަކޮށްފަ. އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހިއްސާކުރަންޖެހޭ ހުރިހާ އެއްޗެއްވެސް ވާނީ ހިއްސާކޮށްފަ. އޭގަ ފޮރުވާފަ އެއްވެސް ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
"އަނެއްކާ ނޮވެމްބަރު 17 ގެ ފަހުން އެންމެ ލަސްވެގެން އެ ފެންނާނެ ނޫންތޯ ދެން އަންނަ ސަރުކާރެއްގައި. އޭގައި އެއްވެސް މައްސަލައެއް އުޅެއްޏާ ކުރިއަށް ވަޑައިގަންނަވާ، އޭރުން ސަރުކާރު އޮންނާނެ އެއާ ދޭތެރޭގަ ފިޔަވަޅު އަޅަން."
އެހެންނަމަވެސް، ބައެއް އެއްބަސްވުންތަކަކީ އެއްބަސްވެވޭ ދެފަރާތުގެ ހިފަހައްޓަންޖެހޭ ހަމަތަކަކާ އުސޫލުތަކެއް އޮންނާތީ ހާމަނުކުރެވޭނެ ކަންތައްތަކަކަށް ވާތީ އެއާ އެއްގޮތަށް އަމަލުކުރަމުން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ މިހާތަނަށް އަޅުގަނޑުމެން ކޮށްފަ އޮތް އެއްބަސްވުމެއް، އެއްވެސް އެއްބަސްވުމެއްގައި ފޮރުވިފައި އޮތް އެއްވެސް ކަމެއް ނޯންނާނެ،" ރިޔާސީ އިންތިހާބުން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެކަން ފާހަގަކުރައްވައި ރައީސް ވަނީ މި ސަރުކާރުން ގޯސްކޮށް އެއްބަސްވުމެއް ހަދާފައިވާނަމަ އެކަންތައް ބެލުމަށް އެދިފަ އެވެ.
މި ލިއުމާއި ގުޅޭ