Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އިންޑިއާއިން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތައް ބޮޑުކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

މި ސަރުކާރުން އިންޑިއާއިން ނަގާފައިވާ އިންޓަރެސްޓު ރޭޓުތައް ކުރީ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތަކަށްވުރެ ބޮޑުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހާމަކުރައްވައިފިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި "ދިޔަރެސް"އިންވަނީ ރައީސް އިބްރާހީމުގެ ވެރިކަމުގައި ނަގާފައިވާ އިންޑިއާގެ ލޯނުތަކުގެ އިންޓަރެސްޓު ރޭޓުތައް ހާމަކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެ، ހާމަކުރައްވާފައިނުވާތީ އެ އިންޓަރެސްޓު ރޭޓުތަކާމެދު ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ "އިންޑިއާގެ އިންޓަރެސްޓު ރޭޓަކީ އަޅުގަނޑު ހަނދާންވާ ގޮތުން 6 ޕަސެންޓު ނުވަތަ 7 ޕަސެންޓު. އެއަށްވުރެ ބޮޑެއްނުވާނެ،" ކަމަށެވެ. އަދި އެ އިންޓަރެސްޓު ރޭޓާމެދު ސުވާލުކުރި ނޫސްވެރިންނަށް ހީވެފައި އޮތީ އިންޑިއާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓަކީ 12 ޕަސެންޓު ނުވަތަ 20 ޕަސެންޓުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގެވި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގެވުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނެންގެވި ލޯނުތަކުގެ އިންޓަރެސްޓު ރޭޓަކީ 2 އިންސައްތައެވެ. އަދި ހިޔާ ފުލެޓުތައް އެޅުމަށް ޗައިނާގެ ކޮމާޝަލް ބޭންކަކުން ނެގި ލޯނުގެ އިންޓަރެސްޓު ރޭޓަކީ 3.25 އާއި ލައިބޯއެވެ.

ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގަތުމާ ހަމައަށް އިންޑިއާއިން ނެގި އެއްވެސް ލޯނެއްގެ އިންޓަރެސްޓު ރޭޓު ރައީސް ހާމަނުކުރައްވާއިރު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރުން ނަގާ ލޯނުތަކަކީ ކޮންސެޝަނަލް ލޯނުތައް ކަމަށެވެ.

ކޮންސެޝަނަލް ލޯނުތަކަކީ އާންމުކޮށް ބޭންކުތަކުން ލޯނު ދޫކުރާ ރޭޓުތަކަށްވުރެ ހެޔޮ ރޭޓުތަކުގައި ލޯނު އަދާކުރުމުގައިވެސް ލުއި ގޮތްތަކެއް ލިބޭ ގޮތަށް ދޫކުރާ ލޯނުތައްކަމަށްވާއިރު، 6 އިންސައްތަ އިންޓަރެސްޓަކީ އެގްޒިމް ބޭންކުތަކުން ލޯނުތައް ދޫކުރާ ރޭޓުތަކަށް ބަލާއިރު ބޮޑު ރޭޓެކެވެ.

މި ލިއުމާއި ގުޅޭ