1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދައުލަތުގެ މުހިންމު އަސާސްތައް ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ. އަދި މިއަސާސްތަކުގެ މައްޗަށް ޤާނޫނީ އޮނިގަނޑު ހިނގާނޭ ގޮތްތަކާއި، ހިންގޭނޭ މަގުތައް އަދި ހިންގޭނޭ މިންގަނޑުތައްވެސް ބަޔާންކޮށްފައިވެއެވެ. މިގޮތުން މި މަޢުޟޫގެ ބޭނުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތުގެ ޤާނޫނުއަސާސީގައިވާ އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
2. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައިވާ ގޮތުން "ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ."
3. ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއަށް ބަލާއިރު، މި މާއްދާ މާނަކުރަން ޖެހެނީ އަންނަނިވި ގޮތަށްކަމުގައި ދެކެމެވެ.
(ހ) ދިވެހިދައުލަތުގެ ބާރުތައް ކަނޑައެޅުމުގައި ދައުލަތުގެ ބާރުތައް، ޤާނޫނުއަސާސީން ދީ، މަތިކޮށްފައިވާ ކޮންމެ މުއައްސަސާއަކީވެސް އަދި މީހަކީވެސް ރައްޔިތުން ދިން (ސީދާ ނުވަތަ ނުސީދާ) ބާރެއްގެމަތިން، އެކަންކުރުމަށް މަތިކޮށްފައިވާ މީހެކެވެ. އަދި ޤާނޫނުތައް ބައްޓަންކުރުމާއި ހިންގުމުގެ ބާރުތައްވެސް ލިބިދެނީ މިދެންނެވި ހަމައިގެ ތެރެއިންނެވެ.4. ދިވެހިދައުލަތުގެ މުއައްސަސާތަކަށް ބަލާއިރު، ރައްޔިތުންގެ ސީދާ ބަހުން އިންތިޚާބުކުރާ މުއައްސަސާތަކަކީ:-
(ހ) ދިވެހިދަތުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ. (ޤާނޫނުއަސާސީގެ 111 ވަނަ މާއްދާ)5. ޤާނޫނުއަސާސީގައިވާ އަދި ޤާނޫނުތަކުގައިވާ ހުރިހާ ބާރުތަކަކަށް ބަލައިލި ނަމަވެސް، ދިވެހި ދައުލަތުގެ ބާރުތައް ކަނޑައެޅެނީ އަދި ދެމިގެންދަނީ މިދެންނެވި 3 ބާރުގެ ތެރެއިންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ރައްޔިތުން ދީފައިވާ ބާރުތަކުގެ ތެރެއިންނެވެ. މިކަން، ވިސްނައިގަތުމުގެ ބޭނުމަށް މިސާލުތަކެއް ދަންނަވާނަމަ:-
(ށ) މިއިން ކޮންމެ މުއައްސަސާއަކުން އަދި މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން ކަންކުރަންވީ ގޮތުގެ ޤާނޫނު ހަދަނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުންނެވެ.
ތަޞްދީޤުކުރަނީ ރައްޔިތުން އިންތީޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެ ޤާނޫނުތައް ހިންގޭނީ އެހެންވީމާ އެބާރުތަކުގެ ދަށުންނެވެ.
(ނ) އެހެންކަމުން، މި ދެންނެވި މަފްހޫމްތަކުގެ ތެރެއިން ހިނގާ ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގައި ލިޔެވިފައިވާ ކޮންމެ ބާރެއްވެސް އަދި ޢައްޔަނުކުރެވިފައިވާ ކޮންމެ މިހަކީވެސް ރައްޔިތުންގެ ދީފައިވާ ބާރުވެރިއެކެވެ. އަދި އެބާރުތައް ލިބިދެނީ އެ އުޞޫލުން ރައްޔިތުން ލިބިދޭ މިންވަރަކަށެވެ.
(ރ) ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައިވާ ދިވެހިދައުލަތުގެ އެންމެހާ ބާރުތައް ފެށިގެންއަންނަނީ ދިވެހި ރައްޔިތުންގެ ކިބައިންކަމަށާއި އަދި ވެރިކަމުގެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމުގައިބުނާ މަފްޙޫމަކީ މިއީއެވެ.
6. މި މަޒުމޫންގެ ސުރުޚީގެ ބޭނުމަށްބަލައި، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގައިވާ އަންނަނިވި މާއްދާތައް ފާހަގަކުރަމެވެ.
(ހ) ދިވެހިދައުލަތުގެ އެންމެ އިސްވެރިއަކީ އަދި ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. (ޤާނޫނުއަސާސީގެ 106 ވަނަ މާއްދާ)7. މިހާރު ދިވެހިރާއްޖޭގައި މިއޮތީ ވެރިކަން ބަދަލުކުރުމުގެ މަރުޙަލާއެވެ. އެއީ ރައްޔިތުން އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން، ކުރިޔަށް އޮތް 5 އަހަރަށް އެމީހުންގެ މައްޗަށް ވެރިކަން ކުރަނޭ މީހަކު އިންތިޚާބުކުރުމާއި، އެގޮތުން އިންތިޚާބުކުރެވުނު އިންތިޚާބީ ރައީސް ވެރިކަމުގެ ޤާނޫނީ ހުވާކުރައްވައި، ވެރިކަމުގެ ބާރު ތަކާ ޙަވާލުވެވަޑައިގަތުމާ ދެމެދުގައި ހިނގާ މަރުޙަލާއެވެ. ދުސްތޫރީ ވިސްނުމަކުން ބަލާއިރު، މިއީ ދެ ވެރިކަމުގެ ދޭތެރޭގައި އަންނަ އިންތިޤާލީ މަރުޙަލާއެކެވެ. އަދި ޚާއްޞަ ދުސްތޫރީ ހަމަތަކެއް ހުންނަ ޙާލަތަކެވެ. މިއީ ދުސްތޫރީ ޢިލްމީ ނަޒަރިއްޔާތުތަކުގައި ކަނޑައެޅިފައި ހުންނަ މަފްހޫމްތަކެކެވެ. ދުނިޔޭގައި ޤަބޫލުކުރާ ޤާނޫނީ އަދި ދުސްތޫރީ ހަމަތަކެކެވެ.
8. އެހެންކަމުން މިއަދު ދިވެހިރާއްޖެ މިއޮތް ދުސްތޫރީ ޙާލަތުގައި، ރާއްޖެގެ ސިޔާސީ މަރުޙަލާގައި ކުރުމަށް ހުށަހަޅާފައިވާ ބައެއްކަންކަމަށް ބަލައި، މިދުވަސްތަކުގައި ދިވެހިދައުލަތުގެ ބާރުތައް ހިންގާނޭ ގޮތާމެދު ސުވާލުއުފައްދަން ޖެހެއެވެ. ޚާއްޞަގޮތެއްގައި،
(ހ)ޤާނޫނުއަސާސީ ބަދަލުކޮށް ދައުލަތުގެ ދުސްތޫރީ އޮނިގަނޑު ބަދަލުކުރެވިދާނޭތޯ؟ އަދި9. ޤާނޫނީ ނަޒަރަކުން ބަލާއިރު، މިއީ ދިވެހިރާއްޖޭގެ މިހާރުގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިފަހުން މިހާ ހިސާބަށް ރާއްޖޭގެ ޤާނޫނީ އޮނިގަޑުދެކެފައިނުވާ ޙާލަތެއް އެކަންޏެއްނޫނެވެ. ހަމައެއާއެކު، މިއީ ރާއްޖޭގެ އެއްވެސް ޤާނޫނީ އޮނިގަނޑެއް ދެކެފައިވާ ޙާލަތެއްކަމުގައި އެނގޭކަށް ނެތެވެ. އެހެންކަމުން މިއީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑަށް މުޅިން އައު ޤާނޫނީ ހަމަތަކަކަށް ނޫނީ novel legal concept ތަކެއްކަމުގައި ހީކުރެވިދާނެއެވެ. ނުވަތަ ބުނެވިދާނެއެވެ. އެހެން ނަމަވެސް އަޅުގަނޑުގެ ރަޢުޔަކީ މިއީ ރާއްޖޭގެ ދުސްތޫރީ ޤާނޫނީ އޮނިގަނޑަށް އައު ޤާނޫނީ ހަމައެއްނޫނެވެ. އެއާ ޚިލާފަށް މިއީ ރާއްޖޭގެ މިއަދު ދުސްތޫރީ އޮނިގަނޑު އެމައްޗަށް ބިނާކޮށްފައިވާ މައިގަނޑު ދުސްތޫރީ ހަމައެކެވެ. ނުވަތަ އަސާސްއެކެވެ. ޙާލަތު ދިމާނުވާތީ، އެހަމަތައް ލިޔުމަށް، ނުވަތަ ބަހުސަށް ނުވަތަ ކޯޓުގެ ޙުކުމަކާ ހަމަޔަށް ތިލަކުރެވިފައިނުވަނީއެވެ.
10. އެހެންކަމުން، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކަށް ބަލާއިރު، ޤާނޫނުއަސާސީ އިޞްލާޙުކޮށް، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑަށް ބަދަލުގެނައުމާއި އަދި ވެރިކަމުގެ ނިޒާމު، މި ޙާލަތުގައި (އިންތިޤާލީ މަރުޙަލާގައި) ބަދަލުކުރެވިދާނޭތޯ ކުރެވޭ ސުވާލަށް ޖަވާބެއް ލިބެންޖެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ޢާންމު ޙާލަތުގައި ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުން މަޖިލީސް އަދި އެހެނިހެންވެސް ދައުލަތުގެ މުއައްސަސާތަކާށް ލިބިދީފައިވާ ބާރުތައް، ވެރިކަން ބަދަލުވުމުގެ އިންތިޤާލީ މަރުޙަލާގައި ހަމައެގޮތަށް ހުންނާނޭތޯ، ނޫނީ އެ ބާރުތައް އެއްވެސް ގޮތަކަށް ޤައިދުކުރެވިދާނޭތޯ ސުވާލުކޮށް ޖަވާބު ލިބެންޖެހެއެވެ.
(ހ) ދިވެހިދައުލަތުގެ ބާރުތައް އެތުރިފައިވާ ގޮތަށް ބަލާއިރު، ދިވެހިދައުލަތުގެ އެންމެ ހާ ބާރުތަކެއް ފެށިގެންއަންނަނީވެސް އަދި ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައެވެ.
12.ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މީހަކު އިންތިޚާބުކުރެވުމާއި، އަދި އިންތިޚާބީ ރައީސް ހުވާކުރެއްވުމާދޭތެރޭ ދުސްތޫރީ އޮނިގަނޑު ބަދަލުނުކުރެވޭނޭ ކަމަށް ބުނާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
(ހ) ރައްޔިތުންގެ ދީފައިވާ ބާރުވެރިކަމެއްގެ ނިންމުމެއް ބަދަލުކުރުމުގެ ބާރު، ޤާނޫނުއަސާސީން އެހެން އެއްވެސް ފަރާތަކަށް ލިބިގެންނުވާކަން.
(ށ) ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި، ދައުލަތުގެ މުއައްސަސާތަކާއި އަދި މަޤާމުތަކުގައި ތިބޭމީހުންގެ ޤާނޫނީ ޒިންމާއަކަށްވާނީ، ރައްޔިތުން ނިންމާފައިވާ ގޮތަށް ވެރިކަމުގެ ޒިންމާތައް އަލަށް އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާ އާއި (ޤާނޫނީގޮތުން) އޭނާ ޢައްޔަނުކުރާ ބަޔަކާ ޤާނޫނުތަކާ އެއްގޮތަށް ޙަވާލުކުރުންކަމާއި އަދި އަމާންކަމާ އޮމާންކަމާއެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުން ކަމުގައިވާކަން.
(ނ) މި މަރުޙަލާގައި މިދެންނެވި ގޮތަށް ދައުލަތުގެ ބާރުތައް preserve ނުކުރެވޭނަމަ، އުޞޫލެއްގެ ގޮތުން، ނިމިގެންދާ ވެރިކަމާއި އަލަށް އަންނަ ވެރިކަމުގެ އެތެރޭގެ ތަޅާފޮޅުމުގެ ތެރެއިން، އަލަށް އަންނަ ވެރިކަމަކަށް ރައްޔިތުންދީފައިވާ ބާރުތައް ޙަވާލުނުކޮށް ދައުލަތުގެ ދުސްތޫރީ އޮނިގަނޑު ބަދަލުކުރުމުގެ ފުރުޞަތު theoretically ލިބިގެންވާކަމާއި، މިއީ ދުސްތޫރީ އޮނިގަނޑުގެ މައިގަނޑު މަސްދަރުތަކާއި ޚިލާފުކަމަކަށްވާކަމުން، ޤާނޫނުއަސާސީ މިކަމަށް ޖާގަނުދޭކަން.