Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އެންމެ ފަހުން އިމްރާންވެސް ޑރ.މުއިއްޒަށް މަރުހަބާ ދަންނަވައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން ގޮތް ނިންމައިފިކަމަށެވެ.

އަދި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގުޅުއްވާ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވާކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ މި ހަލަބޮލި ދުވަސްވަރު ވެރިކަންކުރުމަކީ ފަސޭހަކަމެއްކަމަށް ނުފެންނަކަމަށާއި އެހެންވެ ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަށް ޑރ. މުއިއްޒުއަށް ނަސޭހަތްތެރިވެވަޑައިގަންވާފައި ވާނެކަމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޑރ.މުއިއްޒު ކާމިޔާބު ކުރެއްވީ 53 އިންސައްތަ ވޯޓުންނެވެ.
މި ލިއުމާއި ގުޅޭ