Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

އިންޑިއާގެ ބޮޑުވަޒީރު މޯދީ އިންތިހާބީ ރައީސް މުއިއްޒަށް މަރުހަބާ ކިޔައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ, ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔައިފިއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި މޯދީ ވަނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގައި ދެމި އޮންނާނެ ކަމަށް ބުނެފައެވެ.

މިމޭރުމުން މޯދީ ޓުވީޓުކޮށްފައިވާއިރު, މި އިންތިހާބުގައި އިންޑިއާއިން ފާޅުގައި ވަނީ ރައީސް އިބްރާހީމަށް ތާއީދުކޮށްފައެވެ. މިގޮތުން އެމަނިކުފާނުގެ ކެމްޕެއިނަށް އިންޑިއާއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު, އިންތިހާބުގެ ދެވަނަ ބުރަށްފަހު ރައީސް އިބްރާހީމާއި އެހެން ޕާޓީތަކާއި ކޯލިޝަން ހެއްދޭތޯވެސް އެންމެ ބޮޑަށް މަސައްކަތްކުރީ އިންޑިއާއިންނެވެ.

މޯދީ ޑރ.މުއިއްޒަށް މަރުހަބާ ކިޔާފައިވާއިރު, ދިވެހިރާޢްޖެއިން އިންޑިއާ ސިފައިން ބޭލުމަކީ ޑރ.މުއިއްޒުގެ އެންމެ ބޮޑު އެއްވައުދެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފައްޓަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޑރ.މުއިއްޒު ކާމިޔާބު ކުރެއްވީ 53 އިންސައްތަ ވޯޓުންނެވެ.

މި ލިއުމާއި ގުޅޭ