Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އެމްޑީޕީން މާލެ ތެރޭގައި ހަމަ ނުޖެހުން ހިންގަން ރާވާތީ ފުލުހުން ތައްޔާރީ ހާލަތަށް އަތުވެއްޖެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅިގެން ވެރިކަން ކުރާ އެމްޑީޕީން މާލެ ތެރޭގައި ހަމަ ނުޖެހުން ހިންގަން ތައްޔާރުވަމުން އަންނާތީ ފުލުހުން ތައްޔާރީ ހާލަތަށް އައިސްފިއެވެ.

މިއަދުގެ ވޯޓާއި ގުޅިގެން ފުލުހުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ އިތުރުން ދިވެހި ސިފައިންގެ ހިދުމަތުންވެސް ވަނީ ތައްޔާރީ ހާލަތަށް އައިސްފައެވެ. އެގޮތުން ސިފައިންވެސް މާލެ ތެރޭގައި ހަރަކާތްތެރިވަމުން އަންނައިރު ސިފައިންގެ ވެހިކަލްގައި ތިބި ބައެއް ސިފައިން ތިއްބެވީ ހަތިޔާރާވެސް އެކުގައެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުންނާއި ސިފައިން ތައްޔާރީ ހާލަތަށް އައިސްފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ކޭންޕުން ބަލިވެއްޖެކަން ޔަޤީންކޮށް މިހާރު ރާވަމުންދަނީ ތަންތަނުގައި ހުޅުޖަހާ ހަމަނުޖެހުން ހިންގަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޝިޔާމް މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނޫނީ އިންތިޚާބުގެ ކުރިން ބަލިވާނެކަން ޔަޤީންވި އިންތިޚާބެއް ނުބޭއްވޭ ކަމަށެވެ.

"މިނޫނީ އިންތިޚާބުގެ ކުރިން ބަލިވާނެކަން ޔަޤީންވި އިންތިޚާބެއް ނުބޭއްވޭ. ރައީސް ޞޯލިހު ކޭންޕުން ބަލިވެއްޖެކަން ޔަޤީންކޮށް މިހާރު ރާވަމުންދަނީ ތަންތަނުގައި ހުޅުޖަހާ ހަމަނުޖެހުން ހިންގަން. މީ 'އުފާވެރި އަމާންރާއްޖެ' ސްލޯގަން އަކަށް ހަދައިގެން ކެންޕެއިންކުރާ މީހުން." ޝިޔާމް ވިދާޅުވިއެވެ.

މީގެ ދެ ދުވަހެއް ކުރިން މެންބަރު ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު މިއަދު ކުރެއްވި ތްވީޓެއްގައިވެސް އޭނާވަނީ އެއީ ޔޯލަ ވާހަކައެއް ނޫންކަމަށާއި އެއީ އެމްޑީޕީން މިހާރު އެކަމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް އަށް ތާއީދު ކުރި އެންމެ ޕާޓީއެއް ފިޔަވައި އެހެން ހުރިހާ ޕާޓީއަކުވަނީ ދެވަނަ ބުރުގައި އެމަނިކުފާނަށް ތާއީދު ނުކުރަން ނިންމައިފައެވެ. އެއާއެކު ގިނަ ބަޔަކު އެމްޑީޕީއާ ދުރަށްޖެހި ޑރ. މުއިއްޒުއާ ވަނީ ބައިއަތު ހިފައިފައެވެ.
އެމްޑީޕީއަކީ މީގެ ކުރިން ވެސް ހުޅުޖެހުމާއި ތަންތަން ފަނާކުރުމުގެ މާޒީއެއް އޮތް ޕާޓީއެކެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުން ބަލި ވެއްޖެނަމަ ހަމަ ނުޖެހުން ހިންގަން އުޅޭކަމަށް އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދެކެވެމުންދެއެވެ.
މި ލިއުމާއި ގުޅޭ