Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހްމަދު ނަރީޝް

އިމްރާނަށް އިންޒާރުދިން ކަމަށް ބުނާ ވާހަކަ ނަރީޝް ދޮގުކޮށްފި

ހޯމް މިނިސްޓަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް މިއަދު އިންޒާރު ދިން ވާހަކަ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދޮގުކުރައްވައިފިއެވެ.

ނަރީޝް ވިދާޅުވީ، ޝެއިޚް އިމްރާނާ ދިމާލަށް އަވަގުރާނަ ގޮވާ އިންޒާރުދިފައިވާ ކަމަށް އަދާލަތު ޕާޓީން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

"ކަނޑައެޅިގެން ބުހުތާނު ދޮގެއް. އެތައް ރައްޔިތުން ތަކެއް ތިބި ތަނެއްގައި ނުހިނގާ ކަމެއް ހިނގި ކަމަށްދައްކަން މަސައްކަތް ކުރުމަކީ އިންތިޙާބުން ބަލިވެއްޖެ ކަން ކަށަވަރުވެ ޔަގީން ވާކަމެއް" ނަރީޝް ވިދާޅުވިއެވެ.

އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގިޔާސުއްދީން ސްކޫލުގައި ހުރި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަނިކޮށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ޝައިޚް އިމްރާނާ ދިމާލަށް އަވަގުރާނަގޮވާ އަޑުގަދަކޮށް އިންޒާރު ދީފައިވާ ކަމަށެވެ.

އިމްރާން އަބްދުﷲ އަކީ މީގެ ކުރިން ވެސް ސިޔާސީ ކަންކަމުގައި އެކި ފަހަރުމަތިން ދޮގު ހައްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ދެރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތު އެއްވެސް ހެއްކެއް ނެތި އަޅުއްވާފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

އެމްޑީޕީއިން ދަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ