Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާރިޔާ ދީދީ

ވޯޓުލުން ކުރިއަށްދާއިރު މިނިސްޓަރު މާރިޔާ ދޮރުން ދޮރަށް ހިންގަވާ ކެމްޕެއިން ކުރައްވަނީ

މިއަދު ހެނދުނު 8:00 ގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، އެމްޑީޕީގެ މާލެ ސިޓީ ކެމްޕެއިން ކޯޑިނޭޓަރު ޑިފެންސް މާރިޔާ އަޙްމަދު ދީދީ ގެއިން ގެއަށް ހިންގަވާ ކެމްޕެއިން ކުރައްވަމުން ގެންދަވައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހުގެ ކުރީ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ވޯޓުލައި ނިމި، އަނެއް ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކެމްޕެއިން ކުރުމަކީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގައި މަނާކޮށްފައިވާ ކަމެކެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ އިސްނަންގަވައިގެން ވަރަށް ބޮޑަށް ފުޅާ ދާއިރާއެއްގައި އެންޓި-ކެމްޕެއިން ހަރަކާތްތައް ހިންގަވާފައެވެ.

މިއަދު ވޯޓުލުން ފެށުނު ފަހުން މާރިޔާ ގެންދަވަނީ ހެންވޭރުގެ ބައެއް ގެތަކަށް ވަދެވަޑައިގަންނަވައި ރައީސަށް ވޯޓު ދިނުމަށް ދާން ރައްޔިތުންގެ ގާތުން އެދިވަޑައިގަންނަވަމުންނެވެ.

މާރިޔާ ގެތަކަށް ވަޑައިގަންނަވާއިރު އޭނާ އަރިހުގައި ބޮޑީ ގާޑުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މާރިޔާގެ އިތުރަށް ސަރުކާރުގެ އެހެން ވެރިން އަންނަނީ މީހުންނަށް ގުޅުއްވައިގެން އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދިނުމަށް އެދިވަޑައިގަންނަވަމުންކަމަށް "ދިޔަރެސް"އަށްވަނީ މައުލޫމާތު ލިބިފައެވެ.

މި ލިއުމާއި ގުޅޭ