Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ރާއްޖެއިން ފުރައިގެން ދިޔުމަށް އިމްރާން ޓިކެޓު ނަންގަވައިފި

ރިޔާސީ އިންތިހާބުން ރައީސް އިބްރާހީމް ބަލިވެވަޑައިގަންނަވާނެކަން ޔަގީންވެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله ރާއްޖެ ދޫކޮށް ދިޔުމަށް ނިންމަވައިފިއެވެ.

އިމްރާންގެ ވަރަށް ގާތް ފަރާތަކުން "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ގޮތުގައި, އިމްރާން އަދި އޭނާގެ އަނބިކަނބަލުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޔުމްނާ ވަނީ ރާއްޖެއިން ފުރުމަށް ޓިކެޓު ނަންގަވާފައެވެ.

"މާދަމާ ރޭގެ ވަގުތެއްގައި ތުރުކީއަށް ފުރާގޮތަށް އޮތީ" އެ ބޭފުޅާ މައުލޫމާތު ދެއްވިއެވެ.

ރައީސް އިބްރާހީމަށް އިންތިހާބުގެ ފުރަތަމަ ބުރުުން ލިބިފައިވަނީ ލަދުވެތި ނަތީޖާއެކެވެ. އަދި އެފަހުން އެމަނިކުފާނާއެކު ތިބި ގިނަ ބަޔަކު ވަނީ އެމަނިކުފާނު ދޫކުރައްވާ އިދިކޮޅާ ގުޅިފައެވެ. ރައީސް އިބްރާހީމް ނުހޮވޭނެ ކަން ޔަގީންވުމުން އިމްރާން ރާއްޖެ ދޫކޮށް ފިއްލަވާވަޑައިގަންނަވަން ނިންމަވާފައިވާއިރު މީގެ ކުރިން 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު ކުރި ހޯއްދެވުމުން އިމްރާން އޭރުވެސް ރާއްޖެދޫކޮށް ފިއްލަވަން އުޅުއްވިއެވެ.

މި ލިއުމާއި ގުޅޭ