Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޢިޔާޒް

ވާދަވެރިން ސިހުރު ހަދާކަމަށް ބުނެ ދޮގުހަދައިގެން ފިތުނަ އުފައްދަން ޑރ.އިޔާޒު ނިކުމެއްޖެ!

ސިޔާސީ ވާދަވެރިން އިންތިޚާބު ކާމިޔާބުކުރުމަށް ސިހުރު ހަދަން ފަށާފައިވާކަމަށް ބުނެ ދޮގުހަދައިގެން ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ފިތުނަވެރިކަން އުފެއްދުމަށް އަދާލަތު ޕާޓީގެ އެކްޓިވިސްޓު ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފު ނިކުމެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް އެއް ދުވަހަށް ވެފައިވަނިކޮށް އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާންމުކުރެއްވި ވީޑިއޯއެއްގައި ޑރ.އިޔާޒު ބުނެފައިވަނީ މިދުވަސްވަރަކީ ސިޔާސީ ގޮތުން ވާދަވެރިކަން ވަރަށް ބޮޑުވެފައިވާ ދުވަސްވަރެއް ކަމަށެވެ. "އަޅުގަނޑުމެން މިވޭތުކުރަމުންދަނީ ސިޔާސީ ގޮތުން ވަރަށް ހަލަބޮލި އެހާމެ ވާދަވެރި ދުވަސްތަކެއް،"އިޔާޒު ބުންޏެވެ.

އިޔާޒު މިފަދައިން ބުނުމަށްފަހު އިޔާޒު ބުނީ، ވާދަވެރިން އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ސިހުރުގެ އެހީތެރިކަން ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. "މިފަދަ ދުވަސްވަރުގައި ވާދަވެރިން ކާމިޔާބު ހޯދުމުގެ ނިޔަތުގައި އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ސިހުރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވޭ. މިފަދަ ކަންކަމުގެ ސަބަބުން މިކަންކަންކުރާ މީހުން އިސްލާމްދީނުން ބޭރުވެގެންދޭ،" އިޔާޒު ބުންޏެވެ.

އެއަށްފަހު އިޔާޒު ކިޔައިދިނީ ސިހުރުގެ ނުބައިކަމާއި، ސިހުރުގެ ސަބަބުން މީހާ ދީނުން ބޭރުވާކަމާއި، އެއީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ބޮޑު 7 ފާފައިގެ ތެރޭގައި ހިމެނޭ ފާފައެއް ކަމުގައެވެ. އޭގެ އިތުރަށް ސިހުރު ހެދުމަކީ އިންތިޚާބުގެ ނަޒާހާތްތެރިކަން ގެއްލިގެންދާ ފަދަ ކަމެއް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ރައީސް އިބްރާހީމަށް ތާއީދުކޮށް ބައިއަތު ހިފައިގެން ތިބި އަދާލަތު ޕާޓީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އުފެއްދި ފިތުނައަކީ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ފަހަތުގައި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހުންނެވިކަން ވިސްނައިދިނުމަށް ކުރި މަސައްކަތެވެ. އެގޮތުން 2015 ވަނަ އަހަރުގެ މޭ 1 ވަނަ ދުވަހުގައި މާލޭގައި އޮތް ބޮޑު އެއްވުމެއްގައި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ އަތްޕުޅަށް ގަނޑުތަކެއް ނަންގަވައި ރައީސް ޔާމީނާއި އަފުރާޝީމު ޝަހީދުކޮށްލުމާ ގުޅުވައިލެވޭ ހެއްކަކީ އެއީކަމަށް ވިދާޅުވެފައެވެ. ހޯމް މިނިސްޓަރުކަމުގައި ފަސް އަހަރު ހުންނެވިއިރު އެ ހެކިތައް އާންމުނުކުރައްވާތަނުގައި އެހެކީގެ މައްޗަށް ބިނާކޮށް ތަހުގީގެއް ހިންގަވާފައިނުވެއެވެ.

އަދި އެ އެއްވުމުގައި އިމްރާންވަނީ ޝަހީދު ޑރ.އަފްރާޝީމުގެ ޤަތުލާ ގުޅުވައިގެން ގިނަ ބަޔަކު މަރާލާފައިވާކަމަށް ވިދާޅުވެފައެވެ. ފަހުން މިވާހަކަފުޅާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ޖަވާބެއް ދެއްވާފައިނުވެއެވެ.

އޭގެ އިތުރަށް 2018 ވަނަ އަހަރުގައި އައްޑޫގައި އޮތް ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ރައީސް އިލްޔާސް ހުސައިންވަނީ ޑރ.އަފްރާޝީމުގެ ޤަތުލާ 9 މީހަކު މަރާލާފައިވާކަމަށް ވިދާޅުވެ، އެ ހާދިސާއާ ރައީސް ޔާމީނާ ގުޅުވަން މަސައްކަތްކޮށްފައެވެ. އޭގެ ކުރިން އެހެން ވެރިންނާމެދު ތަފާތު ތުހުމަތުތައް އެ ޕާޓީން އަޅުވާފައިވެއެވެ. ރައީސް މައުމޫނަކީ އަހުލުއްސުންނާއިން ބޭރުވެވަޑައިގެން ހުންނެވި ބޭފުޅެއްކަމަށް އަދާލަތުން ބުނެ ކޯޓަށްވެސް މައްސަލައެއް ހިފައިގެން ދިޔައެވެ. އަދި ރައީސް ނަޝީދަކީ ލާދީނީ ބޭފުޅެއްކަމަށް ބުނުމާއެކު، އެމްޑީޕީއަށް ފަންޑުކުރަނީ ބޭރުގެ ޣައިރު ދީނީ ޖަމާއަތްތަކުންކަމަށް ތުހުމަތުކުރިއެވެ. ހަމައެހެންމެ ޑރ.އަފްރާޝީމް ޤަތުލުކޮށްލުމުގެ ފަހަތުގައި އެމްޑީޕީގެ އަތެއް އޮތްކަން ޔަގީންވާކަމަށްވެސް އެ ޕާޓީން ބުނެއުޅުނެކެވެ.

މި ލިއުމާއި ގުޅޭ