Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުމަރު ނަސީރު

މާޒް ސަލީމް ރައީސަށް ތާއީދުކުރުމުގެ ކުރިން އަޅުގަނޑުގެ ލަފައެއް ނުހޯއްދަވާ: އުމަރު

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 4 ވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބުކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު މާޒް އަހްމަދު ޒަލީމު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރެއްވީ އޭނާ އަރިހުން ލަފައެއް ނުހޯއްދަވައިކަމަށް ދޭހަވާ ގޮތަށް އުމަރު ވާހަކަދައްކަވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 4 ވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބުކުރެއްވުމަށްފަހު، ދެވަނަ ބުރާމެދު އުމަރު ނިންމެވީ އިންތިޚާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވައި އޭނާގެ ސިޔާސީ މަސައްކަތް މުސްތަޤިއްލުކޮށް ކުރިއަށްގެންދެވުމަށެވެ.

އުމަރު މިފަދައިން ނިންމަވާފައިވަނިކޮށް މިއަދު ހަވީރު އޭނާގެ ރަނިންމޭޓުވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާފައެވެ. އޭނާ ރައީސަށް ތާއީދުކުރެއްވީ ގޭންގުތަކާ ދެކޮޅަށް ކަމުގައި ވިދާޅުވެއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އުމަރު އެންމެ ބޮޑަށް ވަކާލާތުކުރެއްވި މައްސަލައަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް ވިދާޅުވި ހަމައެކަނި ކެންޑިޑޭޓަކީ ރައީސް އިބްރާހީމްކަމަށް އުމަރު ވިދާޅުވެފައިވެއެވެ.

ސަލީމު ރައީސަށް ތާއީދުކުރައްވަން ނިންމެވުމާ ގުޅިގެން އުމަރު ވިދާޅުވީ ސަލީމުގެ އެނިންމެވުމަކީ އެބޭފުޅާގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށެވެ. އަދި އުމަރު އަރިހުން ލަފައަކަށް އެދިވަޑައިގެންނެވިނަމަ، ވަކިކޮޅަކަށް ނޭރުއްވުމަށް ލަފާ ދެއްވީސް ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވީ އޭނާއާއެކު މަސައްކަތްކުރެއްވި ކޮންމެ ބޭފުޅަކީވެސް މިނިވަންކަމާއެކު އަމިއްލަ ނިންމުން ނިންމެވޭނެ ބޭފުޅެއް ކަމަށެވެ. އަދި އެ ބޭފުޅުން ކޮންމެ ނިންމެވުމެއް ނިންމެވިޔަސް އެކުވެރިކަމާއި ގާތްކަން އޮންނާނެ ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވީ އޭނާގެ ނިންމެވުން ސާފުކަމަށާއި، އެ ނިންމުމަށް ބަދަލެއްވެސް ނުގެންނަވާ ކަމަށެވެ. އެ ނިންމެވުމަކީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުން ކަމަށެވެ.

މި ލިއުމާއި ގުޅޭ