Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ވަހީދު (ވައްޑެ(

"އިންތިހާބުކުރަން މަސައްކަތްކުރި މީހުން އެއްފަރާތްކޮށް، ގެންގުޅެވުނީ ކެހިވެރިންކަން މިހާރު އެނގޭނެ"

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަަމަށް ގެނައުމަށް މަސައްކަތްކުރި މީހުން އެއްފަރާތްކޮށް، އަރިސްކޮށްގެން ގެންގުޅެވުނީ ކިހާ ކެހިވެރި ބައެއްކަން މިހާރު އެމަނިކުފާނަށް ވިސްނިވަޑާއިގަންނަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ މެންބަރު އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހީމާ އެކު އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހަދައިގެން އުޅުއްވި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ އެމްޑީއޭއިން ދެވަނަ ބުރާ ދިމާކޮށް ކުރިން ހެދި ކޯލިޝަން ރޫޅާލާފައި ވަނިކޮށެވެ.
"ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކުރި މީހުން އެއްފަރާތްކޮށްފައި މިހުރިހާ ދުވަހު އެންމެ އަރިސްކޮށްގެން ގެންގުޅެވުނީ ކިހާ ކެހިވެރި ބައެއްކަން މިހާރު ވިސްނޭނެ،" މިހާރު ޑިމޮކްރެޓްސްގައި އުޅުއްވާ މެންބަރު ވައްޑެ ވިދާޅުވި އެވެ.
ނިމެން މިދާ ދައުރުގައި ރައީސް އިބްރާހީމް ވެރިކަމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީއާއި، ކުރީގެ ރައީސް މައުމޫންގެ އެމްއާރުއެމްއާއި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދައިގެން ނަމަވެސް ދެބަނަ ދައުރަކަށް ވާދަކުރަން ނިންމެވުމާއެކު އެމްއާރުއެމް އަދި ޖޭޕީން ރައީސަށް ތާއީދެއްނުކުރި އެވެ.
ރައީސް އިބްރާހީމް ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތް ކުރެއްވި، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފެއްދެވީ އެމްޑީޕީން މިހާރު އެ ޕާޓީގެ އަސާސްތައް ނުހިފަހައްޓާ ކަަމަށްބުނެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް ވާދަކުރެއްވީ އަދާލަތާއި، ސިޔާމްގެ އެމްޑީއޭއާއެކު ކޯލިޝަން ހަދައިގެންނެވެ. އެފަހަރު އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.
ފުރަތަމަ ބުރުން ލިބުނު ނާކާމިޔާބީއަށްފަހު ސިޔާމް ރައީސްގެ ކެމްޕެއިން އިވެންޓުތަކުން ނުފެނެ އެވެ. އަދި އެމްޑީއޭއިން މިހާރު ވަނީ އެމްޑީޕީއާއެކު ހެދި ކޯލިޝަން ރޫޅާލައި، އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމާފަ އެވެ. އެ ނިންމުމަށް އިދިކޮޅުން މަރުހަބާ ކީ ނަމަވެސް ކޯލިޝަނެއް ނުހަދަ އެވެ.
މި ލިއުމާއި ގުޅޭ