Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ބާރައަހަރުގެ ކުއްޖަކު ރޭޕްކުރުމުން އެހީއަށް އެދި އާދޭސް ކުރާ ވީޑިއޯއެއް ވައިރަލް ވެއްޖެ

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ އުޖައިނީގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު އޭނާއަށް ޖިސްމާނީ ހާނިއްކަކޮށް ލޭއޮހޮރުވާލައިފައި ވާއިރު، އެކުއްޖާ އާދޭސްކުރަމުން ދުވާ މަންޒަރުފެންނަ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.
ސީސީޓީވީ ކެމެރާތަކުން ނަގާފައިވާ މަންޒަރުތަކުން ފެންނަނީ އެ އަންހެން ކުއްޖާ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހިނގާފައި ދާ މަންޒަރެވެ. ފެންނަ ފެނުމުން އެކުއްޖާގެ ހަށިގަނޑު ރަނގަޅަށް ނިވާވެސް ނުވެއެވެ. އެކުއްޖާއަށް ވަރަށް ބޮޑަށް ހާނީއްކަ ކޮށްފައިވާ ކަން އެނގެއެވެ.
ވައިރަލްވި ވީޑިއޯ --- އެންޑީޓީވީ
އެކުއްޖާ އެހީއަށް އެދި އާދޭސް ކުރާއިރު، އެއްވެސް މީހަކު އޭނާއަށް އަޅައިނުލާ ދާ މަންޒުވެސް އެ ވީޑިއޯއިން ފެންނައިރު، އެންމެފަހުން އެ އަންހެން ކުއްޖާގެ ހާލު ސީރިއަސްވެ އެ އަވަށުގެ ކަމާބެހޭ ފަރާތްތަކުން އެކުއްޖާ ވަނީ ހޮސްޕިޓަލަށް ފޮނުވައިފަ އެވެ.
"މި މައްސަލަ ރަޖިސްޓްރީކޮށް، ތުހުމަތު ކުރެވޭ މީހުން ދެނެގަނެ އަތުލައިގަތުމަށް ހާއްސަ އިންވެސްޓިގޭޝަން ޓީމެއް (އެސްއައިޓީ) އެއް އެކުލަވާލާފައި ވޭ. ކުޑަކުއްޖާގެ މެޑިކަލް އެގްޒަމިނޭޝަނުން ވަނީ ރޭޕް ކުރިކަން ކަށަވަރުވެފައި،" ފުލުހުންގެ އިސް އޮފިޝަލް ސަޗިން ޝަރުމާ ވިދާޅުވި އެވެ.
މީ ވިޑިއޯ ވައިރަލް ވުމުން ވަރަށް ގިނަމީހުންވަނީ އެވީޑިއޯއަށް ކޮމެންޓް ކޮށްފައެވެ. އެކަކު ބުނީ އިންޑިއާއަކީ އަންހެނުންނަށް ނުރައްކާ ތެރި ބިރުވެރި ގައުމެއްގެ އިތުރުން ، އިންސާނިއްޔަތު ކަމެއްނެތް ރައްޔިތަކު ދިރިއުޅޭ ގައުމެއް ކަމަށެވެ. އެމީހާ އިޝާރާތް ކޮށްފައިވަނީ އަންހެންކުއްޖާ އެހީއަށް އެދި މަގުމަތީގައި ދުވާއިރު، އެއްވެސް މީހަކު އަޅައިނުލައި ދޫކޮށްލާ ރަހްމުކުޑަ އަމަލުތަކަށެވެ.
އަންހެނުންނާއި، އަންހެންކުދިން ރޭޕްކުރުމުގައި އިންޑިއާއަކީ މުޅިދުނިޔޭގައިވެސް ނިސްބަތުން އެފަދަ އަމަލުތައް އެންމެގިނައިން ހިނގާ އެއްގައުމެވެ.
މި ލިއުމާއި ގުޅޭ