Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސްގެ ޅިޔަނު މިނިސްޓަރު ޝިޔާމުގެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ 718 މިލިއަން ރުފިޔާ މައާފުކޮށްދީފި

ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދުގެ އާއިލީ ބޭފުޅަކާ ކާވެނިކުރައްވައިގެން އުޅުއްވާ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމުގެ އާއިލީ ވިޔަފާރިކަމަށްވާ ތްރީއޭ ކުންފުނީގެ 5 ރިސޯޓެއްގެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއިން 718 މިލިއަން ރުފިޔާ ސަރުކާރުން މައާފުކޮށްދީފިއެވެ.

ޝިޔާމުގެ އާއިލީ ވިޔަފާރީގެ ހިއްސާ އޮންނަ ގޮތަށް ދޫކޮށްފައިވާ 5 ރަށްކަމަށްވާ ށ.ދޮޅިޔަދޫ، އާއި ފިލިތެޔޮއާއި މެދުފުއްޓާއި، ކުޑަމުރައިދޫއާއި ހޮނޑާފުށީގެ ކުލި ނުދައްކާތާ ގިނަ ދުވަސްވެ ޖޫރިމަނާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައި ހުއްޓެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ބިމު ކުލި ނުދެއްކުމުން ޖޫރިމަނާ ކުރާ އުސޫލަށް ސަރުކާރުން ބަދަލުގެނައީ ޤަވާއިދަށް ގެނައި އިސްލާހަކުންނެވެ. އެ އިސްލާހުގެ ދަށުން ޖޫރިމަނާކުރާ ރޭޓު ކުޑަކޮށް އެ ޤަވާއިދު އިސްލާހުކުރުމުގެ ކުރިން ނުދައްކާހުރި ޖޫރިމަނާއަށްވެސް އެ އުސޫލު ތަންފީޒުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ކުލި ނުދައްކައިގެން އެ އުސޫލަށް އަމަލުކުރުމުގެ ކުރިން ދައްކަންޖެހިފައިހުރި ޖޫރިަމނާއިން ބޮޑު އަދަދެއް މައާފުވިއެވެ.

މި ބަދަލާއެކު ޝިޔާމުގެ އާއިލީ ކުންފުނީގެ ހިއްސާ އޮންނަ 5 ރަށުގެ ބިމު ކުލި ނުދައްކާތީ ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާއިން ބޮޑު އަދަދެއް މައާފުވިއެވެ. އެގޮތުން ށ.ދޮޅިޔަދޫގެ ކުލި ނުދައްކައިގެން ދައްކަންޖެހޭ ޖޫރިމަނާއިން 34.3 މިލިއަން ޑޮލަރު ނުވަތަ 530 މިލިއަން ރުފިޔާ މައާފުވެފައިވެއެވެ.

އަދި ފިއްތެޔޮގެ ބިމުކުލި ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާއިން 7.06 މިލިއަން ޑޮލަރު ނުވަތަ 108 މިލިއަން ރުފިޔާއާއި، މެދުފުށީގެ ކުއްޔާ ގުޅޭ ޖޫރިމަނާއިން 3.2 މިލިއަން ޑޮލަރު ނުވަތަ 49.9 މިލިއަން ރުފިޔާއާއި، ކުޑަމުރައިދޫގެ ބިމު ކުލީގެ ޖޫރިމަނާއިން 802،166 ޑޮލަރު ނުވަތައ 12.3 މިލއިަން ރުފިޔާ މައާފުޗިއެވެ.

ހަމައެހެންމެ ހޮނޑާފުށި ރިސޯޓުން ދައްކަންޖެހޭ ބިމު ކުލީގެ ޖޫރިމަނާއިން 1.1 މިލިއަން ޑޮލަރު ނުވަތަ 17.3 މިލިއަން ރުފިޔާ ދައްކަންނުޖެހޭކަމަށް ކަނޑައަޅާފައިވެއެވެ. ޖުމްލަ މި ރިސޯޓުތަކުގެ ބިމު ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއިން 718،640،990 (ހަތްސަތޭކަ އަށާރަ މިލިއަން ހަލައްކަ ސާޅީސްހާސް ނުވަސަތޭކަ ނުވަދިހަ) ރުފިޔާ ސަރުކާރުން ސިޔާސަތު ބަދަލުކޮށް މައާފުކޮށްދީފައިވެއެވެ.

ޝިޔާމުގެ އާއިލީ ވިޔަފާރީގެ ރިސޯޓުތަކަކީ ކޮންމެ އަހަރަކު މީރާއިން އާންމުކުރާ ރިސޯޓު ބިމު ކުލި ނުދައްކާ ރިސޯޓުތަކުގެ ލިސްޓުގައި ތަކުރާރުކޮށް ހިމެނުމުން އަންނަ ރިސޯޓުތަކެކެވެ. އެ ރިސޯޓުތަކަށް ފައިސާ ލިބޭ ގޮތަށް ސަރުކާރުގެ ތެރެއިން ރައީސް އިބްރާހީމުގެ ވެރިކަމުގައި ގިނަ ކަންތައްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވެއެވެ.

މި ލިއުމާއި ގުޅޭ