Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ނުސީދާކޮށް އިމްރާނު އެމްއެންޑީއެފްއަށް ޓެރަރިޒަމުގެ ތުހުމަތުކުރައްވައިފި

ރޭ މާލޭގައި ބޭއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހޯމް އެފެއާޒް މިނިސްޓަރު އިމްރާން ޢަބްދުﷲ ނުސީދާކޮށް ޤައުމީ ދިފާއީ ބާރަށް ޓެރަރިޒަމުގެ ތުހުމަތު ކުރައްވައިފިއެވެ.

އިމްރާން ރޭ ދެއްކެވި ވާހަކަފުޅުގައި މަސައްކަތްކުރެއްވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ކާމިޔާބުކުރައްވައިފިނަމަ، އެމަނިކުފާނު ކުރައްވާނީ އަނިޔާވެރި ވެރިކަމެއްކަމުގައި ދެއްކެވުމަށެވެ. އެގޮތުން ކުރީ ސަރުކާރުގެ އަނިޔާވެރިކަން ކަމަށް ވިދާޅުވެ ގިނަ ވާހަކަފުޅުތަކެއް އޭނާ ދެއްކެވިއެވެ.

އެގޮތުން އެއް ވާހަކަފުޅެއްގެ ގޮތުގައި އިމްރާން ވިދާޅުވީ 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ނިކުތްއިރު އެއިރުގެ ސަރުކާރުން އެ މުޒާހަރާ ތެރެއިން ގިނަ ބަޔަކު ޤަތުލުކުރުމަށް ރާވާފައިވާކަމަށް ދެއްކެވި ވާހަކަފުޅެވެ. އިމްރާން ވިދާޅުވި ގޮތުގައި މީހުން މެރުމަށް ގޮވާތަކެތި ގޮއްވުމާއި، ބަޑިޖެހުމަށް އެއިރު ރާވާފައިވެއެވެ.

"އެކެއް މޭ އަށް ނުކުތް އިރުގައި ... ... ... އެ ތަނުގައި ތައްޔާރު ވެފައި އިން [؟] އިގޭތޯ އަޅުގަޑުމެންގެ މީހުންނަށް ޙަމަލާ ދިނުމަށް. އެ ތަނުގައި ތައްޔާރު ވެފައި އޮތް ތަކެތި ގޮއްވާލަން. އެ ތަނުގައި ތައްޔާރު ވެފައި އޮތް ބައެއް މީހުން ގެ ގަޔަށް ވަޒަން ޖަހަން،" އިމްރާން ވިދާޅުވިއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާ ބުނާ ގޮތުން އާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަ ހާލަތެއް ކުރުމަތިކުރުވުމަކީ ޓެރަރިޒަމުގެ އަމަލެކެވެ. އެފަދަ އަމަލެއް ކުރުމަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ. އަދި އެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ އެފަދަ އަމަލެއް ކުރުމަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ބޮޑު ކުށެއް ކަމަށެވެ.

ގިނަ ބައެއް ބައިވެރިވި މޭ ޑޭ މުޒާހަރާގެ ތެރެއަށް ބޮން ގޮއްވައި ބަޑިޖަހަން ރާވާފައިވާކަމަށް އިމްރާން ވިދާޅުވިއިރު ރާއްޖޭގައި ގޮވާ ތަކެތި ގެންގުޅޭ އަދި ބަޑިއާއި ވަޒަން ހުންނަ ހަމައެކަނި އިދާރާއަކީ ޤައުމީ ދިފާއީ ބާރެވެ. އެފަދަ ތަކެތި ގެންގުޅޭ ހަމައެކަނި މީހުންނަކީ ސިފައިންނެވެ.

މޭޑޭ މުޒާހަރާގައި އިމްރާނުވަނީ އޭނާގެ އަތްޕުޅުގައި ޑރ.އަފްރާޝީމް އަލީގެ ޤަތުލާއި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާ ގުޅުމެއް އޮތްކަމުގެ ކިތާބީ ހެކި އެބަހުރިކަމަށް ވިދާޅުވެ އަތްޕުޅަށް ގަނޑުތަކެއް ނަންގަވައިގެން ދައްކަވާފައެވެ. އެ ހެކިތައް ވަޒީރުކަމަށް ވަޑައިގެންނެވި ފަހުން ހާމަނުކުރައްވާއިރު، ޔަގީންކަމާއެކު ރައީސް ޔާމީނުގެ އިސްތަށިފުޅުގައި އިމްރާނު އެޅުއްވި ތުހުމަތު ތަހުގީގުވެސް ނުކުރެއެވެ.

ޓެރަރިސްޓު ބޮޑު ހަމަލާއެއް ދިނުމަށް ރޭވިކަން އެނގިވަޑައިގަންނަވައި ފަސް އަހަރު ދާޚިލީ ސަލާމަތާ ބެހޭ ވަޒީރުކަމުގައި ހުންނަވައި އިމްރާނު އެ މައްސަލަ ބައްލަވާފައިނުވެއެވެ. އަދި ރޭގެ ކުރިން މި ތުހުމަތު ހާމަވެސް ނުކުރައްވައެވެ.

މި ލިއުމާއި ގުޅޭ