Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަންދުކުރުން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހުން ހިމެނޭހެން ގިނަ އަދަދެއްގެ ގައިދީން ގެއަށް ބަދަލުކޮށްފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމާ ދިމާކޮށް ކުޑަކުދިންނާ މެދު ޖިންސީ ކުށްތައް ހިންގާފައިވާ މީހުން ހިމެނޭހެން ގިނަ އަދަދެއްގެ ގައިދީން ޖަލުން ގެއަށް ބަދަލުކޮށްފިއެވެ.

އަންނަ ހޮނިހިރުދުވަހުގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމާ ދިމާކޮށް ގިނަ އަދަދެއްގެ ގައިދީން ޖަލުން ގެއަށް ބަދަލުކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިންމަވާފައިވާކަމަށް "ދިޔަރެސް"އަށް މައުލޫމާތު ލިބިއްޖެއެވެ.

ޖަލުން ގެއަށް ގައިދީން ބަދަލުކުރުމުގެ ބާރު މިނިސްޓަރަށް ލިބޭ ގޮތަށް ޤަވާއިދު އިސްލާހުކުރީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމާ ގާތްކޮށްފައެވެ. އެގޮތަށް ޤަވާއިދު ބަދަލުކޮށް އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމަށް 1 ދުވަހަށް ވެފައިވަނިކޮށް ގިނަ އަދަދެއްގެ ގައިދީން ގެއަށް ބަދަލުކޮށްފައިވެއެވެ.

އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް ގިނަ އަދަދެއްގެ ގައިދީން ގެއަށް ބަދަލުކުރީ ބަލި ހާލަތު ހުރި ގޮތުން އެމީހުން ގެއަށް ބަދަލުކުރަންޖެހޭ ކަމަށް ކަނޑައަޅައިގެންނެވެ. އެފަދައިން ކަނޑައެޅުމަށް ސްޕެޝަލިސްޓު ޑޮކްޓަރަކަށް ދެއްކުމުގެ ބަދަލުގައި، އެކަން ކޮށްފައިވަނީ ޖަލުގައި ތިބޭ ޑޮކްޓަރުން ބޭނުންކޮށްގެންނެވެ. ގެއަށް ބަދަލުކުރަން މިނިސްޓަރު ބޭނުންފުޅުވާ ގައިދީންނަކީ ގެއަށް ބަދަލުކުރަންޖެހޭ ބަލި ހާލަތެއް ހުރި ބައެއްކަމަށް ޖަލުގައި ތިބި ޑޮކްޓަރުން ލައްވައި ކަނޑައަޅުވައި މެޑިކަލް ހެއްދެވުމަށްފަހު އެމީހުންވަނީ ގެއަށް ބަދަލުކޮށްފައެވެ.

އެފަދައިން ގެއަށް ބަދަލުކުރި މީހުންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ކުޑަކުދިންނާމެދު ޖިންސީ އަމަލުތައް ހިންގުމުގެ ކުށް ސާބިތުވެފައިވާ މީހުންކަން "ދިޔަރެސް"އަށްވަނީ އެކި މަސްދަރުތަކުން ކަށަވަރުކުރެވިފައެވެ. މީގެ ކުރިންވެސް މިފަދައިން ކުޑަކުދިންނާމެދު ޖިންސީ ކުށްތައް ހިންގައިގެން ޖަލަށްލާފައި ތިބި ގިނަ ބަޔަކު ގެއަށް ބަދަލުކުރިއެވެ. އެފަދައިން ގެއަށް ބަދަލުކުރި މީހުން މާލެއާއި އެމީހުން ދޫކޮށްލި ރަށްތަކުގައި މިނިވަންކަމާއެކު ހެލިފެލިވެ ގެއިން ނިކުމެ އުޅެއެވެ.

ގައިދީން ގެއަށް ބަދަލުކުރުމުގެ އިތުރަށް ރައީސް އިބްރާހީމުވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ދިމާކޮށް ޖުލައި މަހުގައި 25 ގައިދީން އަދި އޯގަސްޓުގައި 23 ގައިދީން އަދި ހިނގަމުންދާ ސެޕްޓެންބަރު މަހުގައި 50 އަށްވުރެ ގިނަ ގައިދީންނަށް އަދަބު ލުއިކޮށްދެއްވައި އަދި މައާފުދެއްވައި މުޖުތަމައުގެ ތެރެއަށް ދޫކުރައްވާފައެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑުންނާއި، ގާތިލުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހުން ހިމެނެއެވެ.

މި ލިއުމާއި ގުޅޭ