Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އިބްރާހީމްގެ ދައުވަތަކަށް އުތުރުތިލަފަޅަށް ދިޔަ ނޫސްވެރިންގެ މައްސަލަ ބަލަނީ

ރައީސް އިބްރާހީމްގެ އެދިލެއްވުމަކަށް އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބިތޯ ބަލަން "ދިޔަރެސް" ގެ ނޫސްވެރިން އެތަނަށް ދިޔުމުން, އެ ދިޔަ ނޫސްވެރިންނާ މެދު ފިޔަވަޅު އަޅަން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންއެޑީއެފުން) ކަމާ ބެހޭ ފަރާތްތްތަކަށް ހުށަހަޅައިފިއެވެ.

ރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ އިސްވެރިޔާ, ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ދޮގު ވާހަކަތައް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ދޮގުކަން ސާބިތުކޮށްދިނުމަށް, ބޭރުގެ ސިފައިން ތިބި ތަންތަން ދައްކަން ތައްޔާރަށް ހުންނެވިކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ އެ ހުރިހާ ތަނެއް ދައްކަން. އަޅުގަނޑުމެންނާ ދޭތެރޭގައި ޝައްކު އުފައްދާ އުތުރު ތިލަފަޅު ކަމަށް ވިޔަސް ކައްދޫ އެއާޕޯޓް ކަމަށް ވިޔަސް ހަނިމާދޫ ކަމަށް ވިޔަސް ވަޑައިގެން ބައްލަވަންވީ." ރައީސް އިބްރާހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ރޭ ރައީސް ވަނީ, އުތުރުތިލަފަޅުން ގޯތި ދެއްވާނެކަން ވެސް އިއުލާންކުރައްވާފައެވެ. އަދި އެ ސަރަހައްދުން 4000 ގޯތި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެގެން "ދިޔަރެސް" ގެ 2 ނޫސްވެރިންނާއި, ރާއްޖޭގެ އެންމެ މަގުބޫލު ނޫސް, ވަގުތު ގެ އެޑިޓަރު ނަވާޒު އަދި ކޮމަނަރސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރައީސް މިދުއަމް ސައުދު މިއަދު އެތަނަށް ދިޔުމުން އެތަނުގައި ހުރި އެމްއެންޑީއެފް މީހަކު ވަނީ އެތަނަށް ނޭރޭނެ ކަމަށް ބުނެފައެވެ. މުޅި އެ ސަރަހައްދުގައި އިންޑިއާ މީހުން ތިބިއިރު މުޅި ރަށުގައި ހުރީ އެންމެ ދިވެއްސެކެވެ. އޭނާވެސް ފޯނު ކުރީ "ރޯހިތު" ނަމަކަށް ކިޔާ އިންޑިއާ މީހަކަށެވެ.

އެރަށުގައި ހުރި ޒުހައިރު ނަމަކަށް ކިޔާ މިހާ ވަނީ އެތަނުން ގޯތި ދިނުމަށް ނިންމާފައި ނުވާކަމަށް ބުނެފައެވެ. އަދި އެތަނަށް ނޭރޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި ލިއުމާއި ގުޅޭ