Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.އަހްމަދު އަބްދުﷲ ދީދީ

ސިފައިން ލައްވައި ސަރުކާރުން ނެރޭ ބަޔާންތަކަކީ ސިފައިންގެ ސުލޫކީ މިންގަނޑާ ޚިލާފު ބަޔާންތަކެއް: ޑރ.އަޙްމަދު

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު ސިފައިންގެ ބައެއް އިސްވެރިން ލައްވައި ސަރުކާރުން ނެރުވަމުން އަންނަ ބަޔާންތަކަކީ ސިފައިންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ ދެމެދުގައި ޤާނޫނުއަސާސީއާ ޚިލާފަށް ވެފައިވާކަމަށް ބެލެވޭ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން އިންޑިއާ އަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިން ރާއްޖޭގައި މަރުކަޒުކޮށްފައި ތިބޭކަމަށް އިދިކޮޅުން ތުހުމަތުކުރުމުން، ރައްޔިތުންގެ ކުރިމަތީގައި ކާފީ ހެކިތައް ދައްކައިގެން ދިފާއުވުމުގެ ބަދަލުގައި ސިފައިންގެ މަތީ ފަންތީގެ އޮފިސަރުން ލައްވައި ސަރުކާރުން ބަޔާންތައް ނެރެމުންދާކަން ޑރ.އަޙްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ފާހަގަކުރެއްވިއެވެ.

އޭނާ މިފަދައިން ފާހަގަކުރައްވާފައިވަނީ ރައީސް އިބްރާހީމަށް އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބުގެ ސިއްރަކީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބިކަމަށް ކުރެވޭ ތުހުމަތުތައްކަމަށާއި، އެ ތުހުމަތުތަކަށް ސަރުކާރުން ދެވަނަ ބުރުގެ ކެމްޕެއިނުގައި ރައްދުދެއްވާނެކަމަށް ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެދުވަހު ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ނޫސްވެރިންނާ ކުރޫއިން ބޭނުންކޮށްގެން ސިފައިންގެ ޖެނެރަލުންތަކެއްގެ އިންޓަވިއު ނެގުވިއެވެ. އެ އިންޓަވިއު ނެގުވީ ޑިފެންސް މިނިސްޓަރު މާރިޔާ ޖެނެރަލުންނަށް ބިރުދައްކަވައިގެންނެވެ. އެގޮތުން އިންޓަވިއު ނުދީފިނަމަ އިދިކޮޅުގައި އެމްޑީޕީ އޮންނަ ދުވަހެއްގައި ރައްޔިތުންގެ މަޖިލީހަށް ޖެނެރަލުން ހާޒިރުކޮށް ހޭއަރުވައިލާނެކަމަށް ވިދާޅުވެ މާރިޔާ އެ ބޭފުޅުންނަށް އިންޒާރުދެއްވިއެވެ.

ސިފައިންގެ 8 ޖެނެރަލުން އަރުވައިގެން ދިން އިންޓަވިއުގައި ޖުމްލަކޮށް ހުރިހާ ބޭފުޅުންވެސް ދެއްކެވީ އެއް ވާހަކަފުޅެވެ. އެއީ މިލިޓަރީ ބޭނުމަކަށް ނުވަތަ އަސްކަރީ ބޭނުމަކަށް އެއްވެސް ބޭރު ޤައުމެއްގެ ސިފައިން ނެތްކަމުގެ ވާހަކަފުޅެވެ.

ސިފައިންގެ ވެރިން ނެރުއްވާ ބަޔާންތަކަކީ ސިފައިންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލުތަކެއްކަމަށް ވިދާޅުވުމާއެކު، ޑރ.އަޙްމަދު ވިދާޅުވީ ސިފައިންގެ ވާޖިބަކަށް ވާންވާނީ އިސްލާމްދީނާއި ދިވެހި ދައުލަތުގެ ސިޔާދަތާއި މިނިވަންކަމުގެ، އަދި ދިވެހި ރައްޔިތުންގެ ދިފާޢުގައި ދެމިތިބުން ކަމަށެވެ. އަދި ސިފައިންނަކީ ސަރުކާރަށް ސިޔާސީ ކެމްޕެއިންކޮށްދޭ ބަޔަކަށް ވެގެންނުވާނެ ކަމަށެވެ.

އަދި ޖެނެރަލުންގެ ވާހަކަފުޅުގައި ވިދާޅުވަނީ އަސްކަރީ ނުވަތަ މިލިޓަރީ ރޯލެއް އަދާކުރާ ބޭރުގެ ސިފައިންތަކެއް ރާއްޖޭގައި ނެތްކަމުގައިކަން ފާހަގަކުރައްވައި ޑރ.އަޙްމަދު ވިދާޅުވީ، މިވަގުތަށް ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާ މިންވަރަކީ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން އިންޑިއާ ސިފައިން ރާއްޖޭގެ ބައެއް ހިސާބުތަކުގައި މަރުކަޒުވެގެން ތިބިކަން އެކަނި ކަމަށެވެ.

"އަދި ރާއްޖޭގެ ޤާނޫނީ ނިޒާމު އެމީހުންގެ މައްޗަށް ނުހިނގާނޭ ފަދަޔަކުން “އިމިޔުނިޓީ” އެމީހުންނަށް ސަރުކާރުން ޢައިރުޤާނޫނީ ގޮތަކަށް ދީފައިވާކަމެވެ، މިކަމަށް އިންކާރުކުރާނެ އެއްވެސް ފަރާތެއް ނެތްއިރު، އެ މީހުން އަދާކުރާ ޢަސްކަރީ ރޯލަކީ ކޮބައިކަން އެނގުމަކީ އެހައި މުހިންމު ކަމެއް ނޫން،" ޑރ.އަޙްމަދު ވިދާޅުވިއެވެ.

އިތުރަށް ޑރ.އަޙްމަދު ވިދާޅުވީ ސިފައިން އަދާކުރާ ޢާންމު ޢަސްކަރީ ރޯލްތަކުގެ ތެރޭގައި، “ކޮމްބެޓް އޮޕެރޭޝަންސް” ، “ލީޑަރޝިޕް އެންޑް ކޮމާންޑް”، “ލޮޖިސްޓިކްސް އެންޑް ސަޕޯރޓްސް”، “އިންޖިނިއަރިންގ އެންޑް ޓެކްނިކަލް ރޯލްސް”، “މެޑިކަލް އެންޑް ހެލްތް ކެއަރ”، “ސްޕެޝަލް އޮޕަރޭޝަންސް”، “ޓްރެއިނިންގ އެންޑް އެޑިޔުކޭޝަން”، އަދި “މިލިޓަރީ އިންޓެލިޖެންސް” ފަދަ އެތައް ޢަސްކަރީ ރޯލްތަކެއް ހިމެނިގެންވާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަދާކުރާ ރޯލަކީ “މިލިޓަރީ އިންޓެލިޖެންސް” އާ ގުޅުންހުރި ރޯލެއްކަމުގައި ވާނަމަ އެކަންދެނެގަތުމުގެ ކެޕަސިޓީ ދިވެހި ޢަސްކަރިއްޔާއަށް ލިބިގެންވޭތޯ ސުވާލުކޮށްލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ