ކުރިއަށް މިއޮތް އިންތިޚާބުގައި އެންމެ މުހިންމީ މިނިވަންކަން ދިފާއުކުރުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނު ރައްޔިތުންނާ ބައްދުލުކުރުމަށް މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހަކީ މިނިވަންކަން ދިފާއުކުރުމަށް ދިވެހިންނަށް ބަސްބުނަން ލިބޭނެ ފުރުސަތު ކަމަށެވެ. އެދުވަހު ގަނޑަކާ ގަލަމެއް ފެންނަން އޮތަސް އެއީ އެއައްވުރެ މާނަ ފުން ނިންމުމެއް ކަމަށާއި އެނިންމުން ނިންމާ ގޮތަކުން އަންނަން އޮތް ޖީލުގެ މުސްތަގުބަލަށް އަސަރު ކޮށްފާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ފެނިގެންދަނީ ޚާރިޖީ ސިޔާސަތު މިދެންނެވި ގޮތަށް ބައްޓަން ކުރެވިފައިވާތަންޑރ. މުއިއްޒު
ރާއްޖޭގެ ބައެއް ސަރަހައްދު ތަކަކީ ރާއްޖޭގެ ތަންތަން ކަމަށް ވިޔަސް ރާއްޖޭގެ ބާރު ނުފޯރާތަންތަން ހުރި ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އުތުރު ތިލަފަޅަކީ ވެސް އިންޑިއާގެ ބާރުގެ ދަށުގައި މިހާރު އޮތް ތަނެއްކަން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގައި އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ މަޝްރޫއު ތަކުގެ މައުލޫމާތު ހޯދަންވެސް ކޯޓުތަކަށް ދާން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ޑރ. މުއިއްވިދާޅުވިއެވެ.
އެހެންކަމުން މި ފަހަރުގެ އިންތިޚާބަކީ މިނިވަންކަމާ ވަރަށް ބޮޑަށް ގުޅިފައިވާ އިންތިޚާބެއްކަން ފާހަގަ ކުރައްވައި ގައުމުގެ މިނިވަންކަން ކަށަވަރު ކުރުމަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ޑރ. މުއިއްޒުވަނީ އެދިވަޑައިގެންފައެވެ.