Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ދެވަނަ ބުރުގައި ޑރ.މުޢިއްޒު 56 ރަށަކަށް, ރައީސް އިބްރާހިމް މާލޭގައި ''ބަނޑަހަ ޖަހައިގެން''

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު 50 އަށްވުރެ ގިނަ ރަށަށް ވަޑައިގެންފިއެވެ.
ޑރ.މުޢިއްޒު ދެވަނަ ބުރުގެ ދަތުރުފުޅުތައް ފެށްޓެވީ މި މަހުގެ 14 ވަނަ ދުވަހުގައެވެ.
އެގޮތުން އުތުރުގެ ހުރިހާ އަތޮޅަކާއި އަރިއަތޮޅުގެ ރަށްތަކުގެ ތެރެއިން ޑރ.މުޢިއްޒު ވަނީ ޖުމްލަ 56 ރަށަކަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ.
މި މަހުގެ 14 ވަނަ ދުވަހު ދެވަނަ ބުރުގެ ދަތުރުފުޅުތައް ފެށްޓެވި ނަމަވެސް މިދިޔަ ނުވަ ދުވަހުގެ ތެރެއިން ބައެއް ދުވަަސް ދުވަހު އެމަނިކުފާނު ވަނީ މާލޭގައި މަޑުކުރައްވައި ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ދަތުރުފުޅުތަކުގައި މުޢިއްޒު ފާހަގަކުރައްވާފައިވާ ބައެއް ކަންކަން:

  • 1.އަޅުގަނޑު އެދެނީ ލޮބުވެތި ރައީސް ޔާމީން އަވަހަށް މިނިވަންވުން.
  • 2.އަޅުގަނޑުމެން އެކުލަވާލާ ސަރުކާރެއްގައި ތިބޭނީ ތައުލީމީ ގާބިލު ތަޖުރިބާ ހުރި ހީވާގި ބޭފުޅުން. އެކުލަވާލާނީ ދިވެހި ރައްޔިތުން ފަޚުރުވެރިވާފަދަ ކެބިނެޓެއް. ކުންފުނިތަކުގެ އެމްޑީންނަށް ވެސް ތިބޭނީ ހަމަ އެފަދަ ބޭފުޅުން.
  • 3.ތަރައްގީގެ ކަންކަމުގައި އެއްވެސް ރަށެއް ތަފާތެއް ނުކުރާނަން. ވޯޓު ނުދޭ ރައްޔިތުންނާއި މެދުވެސް ތަފާތެއް ނުކުރާނަން.
  • 4.އެއްވެސް ރަށެއްގެ ތަރައްގީއަށް ހިނގާ އެއްވެސް ކަމެއް ނުހުއްޓުވާނަން. ފަށާފައި ހުއްޓިފައިވާ މަސައްކަތެއް އޮތް ނަމަވެސް އެކަންކޮށްދޭނަން.
  • 5.ސިޔާސީ މަގާމުތަކުން ފިޔަވައި އެއްވެސް ވަޒީފާއަކުން މީހަކު ވަކި ނުކުރާނަން.
  • 6.އެންމެ ބޮޑު އެޖެންޑާއަކީ ގައުމުގެ މިނިވަންކަން ދެމެހެއްޓުން. ދިވެހީންގެ ރާއްޖެ'' މި ޝިއާރު ނަގާފައިވަނީ ދިވެހިންނަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް. މި ގައުމުގައި ތިބި ބޭރުގެ ސިފައިން ބާލާނަން.
  • 7.މިހާރު މިވަނީ އެއްވެސް ކަނޑިއެއް ބަޑިއެއްގެ ބޭނުންނުކޮށް އަޅުގަނޑުމެންގެ އަތުން އަޅުގަނޑުމެންގެ ރާއްޖެ ގެންގޮސްފަ.
  • 8.މިހާރު އޮތް ގޮތަށް އޮވެއްޖެނަމަ އިސްލާމްދީނަށް ބޮޑެތި ގޮންޖެހުންތައް އިންތިހާއަށް ކުރިމަތިވެ އެހެން ދީންތަކަށް މަގުފަހިވެގެންދާނެ.
  • 9.އިގުތިސާދު ހަމަމަގަށް އަޅުވައި ސަރުކާރު ކުންފުނިތަކުން ކުދި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދައްކާައި ޚަލާސްކުރާނަން.
  • 10.ވަޒީފާ އިތުރުކޮށްދީގެންނާއި އިގުތިސާދު ހަރުދަނާކޮށްގެން އާމްދަނީގެ ފުރުސަތުތައް އިތުރުކޮށްދޭނަން.
  • 11.އަޅުގަނޑުމެންނަކީ އަނިޔާވެރިކަން އިސްކުރާނެ ބައެއްނޫން.
  • 12.ބިން ހިއްކައި ބޮޑުކޮށްގެން ނަމަވެސް ގެދޮރުވެރިކަމުގެ ފުރުސަތު ފަހިކޮށްދޭނަން.
  • 13.ކޮންމެ ރަށެއްގެ ވެސް އާބާދީއާއި ރަށުގެ ސައިޒަށް ބަލައިގެން ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް ކުޑަކުދިންގެ ޕާރކާއި އައުޓްޑޯ ޖިމް ހަދާނަން.
  • 14.މާލޭގައި ހުންނަ ފެންވަރަށް ކޮންމެ އަތޮޅެއްގެ މައި އެއް ސްކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭނެ ހަމަޖައްސައިދޭނަން.
މީގެއިތުރުން ވެސް ރަށްރަށުގެ ތަރައްގީއަށް ކޮށްދެއްވާނެ އެތައްއެތައް ކަމެއް ހާމަކުރައްވާފައިވެެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި މުޢިއްޒުގެ އިންތިޚާބީ އެޖެންޓް މުޙައްމަދު ޠަލާލް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގައި ޑރ.މުޢިއްޒު މަޑުކުރައްވާނީ މާލޭގައި ކަމަށެވެ. އެއަށްފަހު ދެކުނުގެ ބައެއް ރަށްރަށަށް ދަތުރުފުޅު ފަށްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''ކުރިއަށް މި އޮތް ދެ ދުވަހު މާލޭގައި މަޑުކުރެެއްވުމަށްފަހު އިތުރަށް ދަތުރުފުޅު ފަށްޓަވާނެ. ދެން ފަށްޓަވާ ދަތުރުފުޅު މި އޮތީ ރާއްޖޭގެ އެންމެ ދެކުނަށް ވަޑައިގަންނަވާ ގޮތަށް. އޭގެތެރޭގައި ބައެއް ރަށްރަށުގެ ތެރޭގައި ލ.ގަން, ގއ.ވިލިނގިލި, ގދ.ތިނަދޫ, ފުވައްމުލައް, އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފަ މިވަނީ.'' ޠޮލާލް ވިދާޅުވިއެވެ.
ނަމަވެސް އެ ރަށްރަށަށް ވަޑައިގަންނަވާނެ ވަކި ތާރީޚުތަކެއް ހާމައެއް ނުކުރައްވައެވެ.
ދެވަނަ ބުރުގެ ކެމްޕޭންގައި ޑރ.މުޢިއްޒު 56 ރަށަކަށް ވަޑައިގެންފައިވާއިރު, ދެވަނަ ބުރު ފެށުނު ފަހުން އެއްވެސް ރަށަކަށް ވަޑައިނުގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަދިވެސް ހުންނެވީ މާލޭގައެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވާ ގޮތުން ދެވަނަ ބުރު ފެށުނު ފަހުން އެއްވެސް ރަށަކަށް ވަޑައިނުގެން ރައީސް މާލޭގައި ''ބަނޑަހަ ޖަހައިގެން'' ހުންނަވަނީ އިންތިޚާބުން ވައްކަން ކުރުމަށް ނުބައިނުލަފާ ރޭވުންތައް ރޭއްވެވުމަށްޓަކައެވެ.

މި ލިއުމާއި ގުޅޭ