Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޝަހީމް އަލީ ސައީދު

ޑރ. ޝަހީމްގެ ވަރުގަދަ ރައްދެއް މާރިޔާއަށް!

ޕީޕީއެމްގެ އެޑްވައިޒަރު އަދި ދީނީއިލްމުވެރިޔާ ޑރ. ޝަހީމް އަލީ ސައީދު، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޑރ. ޝަހީމް މާރިޔާއަށް ރައްދު ދެއްވާފައި މިވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުއިއްޒަކީ މާލެ މީހެއް ނޫން ކަމަށާއި އެހެންވީމަ މާލެ މީހުން ޑރ.މުއިއްޒަށް ވޯޓުލައިގެން ނުވާނެ ކަމަށް މާރިޔާ ވިދާޅުވަމުން ގެންދަވާކަމަށް ދެކެވޭ ވާހަކައާ ގުޅިގެންނެވެ.

މާލޭގައި އެމްޑީޕީން ކުރިއަށް ގެންދާ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގެ ތެރެއިން މާރިޔާ ދީދީ ބައެއް ގެތަކަށް ވަޑައިގެން ދަނީ ޑރ.މުއިއްޒަކީ މާލޭ މީހެއް ނޫން ކަމަށް ވިދާޅުވަމުންނެވެ.
"އެ ބޭޅާ އެއީ މާލެ ބޭފުޅެއްވެސް ނޫން. ވަށަފަރު ބޭފުޅެއް. މާލެ ބޭފުޅުން ކީއްކުރަންތޯ ރާއްޖެތެރޭ މީހަކަށް ވޯޓު ދޭންވީ" މާލޭގެ ގެއަކަށް ވަޑައިގެން މާރިޔާ ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވައި ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނުންގެ ތެރޭގެ ނަސްލީ އިމްތިޔާޒު ގެންގުޅުމަކީ އިސްލާމް ދީނާއި ހަމަ ބުއްދިންވެސް ގަބޫލުކުރެވޭ އުސޫލުތައް ތަންދޭ ކަމެއް ނޫން ކަމަށެވެ.

އަދި މާލޭގެ އެންމެހާ ރައްޔިތުންނަކީ ހެޔޮ ވިސްނޭ ބައެއްކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ ޑރ. މުއިއްޒު މާލޭގެ އަޣްލިބިއްޔަތު ހޯއްދަވާނެކަމަށެވެ.

މި ލިއުމާއި ގުޅޭ