Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޑެރްނާ ސިޓީ އާރާސްތުކުރުމަށް އެހީހޯދުމަށް ޑޯނަރސް ކޮންފަރެންސެއް ބާއްވަން ނިންމައިފި

ލީބިޔާގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޑެރްނާ ސިޓީ އާރާސްތުކުރުމަށް ޑޯނަރސް ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.

ލީބިޔާގެ އިރުމަތީގެ ސަރުކާރުން ބުނެފައިވަނީ ލީބިޔާގެ އިރުމަތީ ސަރަޙައްދުގައި ފެންބޮޑުވެފައިވާ ބަނދަރުގެ ސިޓީއެއް ކަމަށްވާ ޑެރްނާގައި އަންނަ މަހު ބައިނަލްއަޤްވާމީ ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެ ސަރަހައްދަށް އައި ބާރުގަދަ ތޫފާނެއްގައި މުޅި އަވަށްތައް ހަލާކުވެ އެތައް ހާސް ބަޔަކު އޮޔާގެންދިއުމާއި ގުޅިގެން މަރުވެފައެވެ. އެތޫފާނުގެ ސަބަބުން ޑެރްނާއިން ބޭރުގައި އޮންނަ މުސްކުޅި ދެ ޑޭމް ފަޅައިގެން ގޮސް ސުނާމީ ސައިޒުގެ ފެންބޮޑުވުމުގެ ހާދިސާއެއް ވަނީ ހިގާފަ އެވެ.

އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޑެރްނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި ބައިވެރިވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ސަރުކާރުން ދައުވަތު އަރުވަނީ އެ ސިޓީ އާރާސްތުކުރުމަށް ޒަމާނީ، ހަލުވި ޕްރޮޖެކްޓްތައް ހުށަހަޅަން ކަމަށް ސަރުކާރުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އަދި މި ކޮންފަރެންސަކީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ޑެރްނާ ސިޓީއާއި އެހެނިހެން އަވަށްތަކުގެ ރައްޔިތުންގެ ޑިމާންޑަށް އިޖާބަދިނުމުގެ ގޮތުން ބާއްވާ ކޮންފަރެންސެއް ކަމަށް އެ ބަޔާނުގައި ބުނެއެވެ.
2011 ވަނަ އަހަރު ނޭޓޯގެ އެހީތެރިކަމާއެކު ހިންގި ބަޣާވާތުގެ ވެރިކަން ވައްޓާލައި، ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި މުއައްމަރު ގައްޒާފީ އަވަހާރަކޮށްލުމާ ގުޅިގެން ބައިބައިވުންތައް އުފެދިފައިވާ ލީބިޔާގައި ވެރިކަން ކުރަމުން އަންނަނީ ވެރިކަމަށް ވާދަކުރާ ދެ ސަރުކާރަކުންނެވެ.

ޓްރިޕޮލީގައި އދ.ގެ ތާއީދު އޮންނަ، ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ސަރުކާރެއް ހިންގަނީ ބޮޑުވަޒީރު އަބްދުލްހާމިދު ދުބައިބާހް ކަމަށްވާއިރު، އިރުމަތީގެ ވާދަވެރި ސަރުކާރަކަށް ތާއީދު ކުރަނީ ލަޝްކަރުގެ ލީޑަރު ޚަލީފާ ހަފްތާރެވެ.

މި ލިއުމާއި ގުޅޭ