Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާރިޔާ ދީދީ

މާރިޔާ މާލޭ މީހުންނަށް: މުއިއްޒަކީ މާލޭ މީހެއް ނޫން، ވޯޓު ނުލާތި!

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުއިއްޒަކީ މާލެ މީހެއް ނޫން ކަމަށާއި އެހެންވީމަ މާލެ މީހުން ޑރ.މުއިއްޒަށް ވޯޓުލައިގެން ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި ރައީސް އިބްރާހީމްގެ ކެމްޕެއިނުގެ މާލޭ ސަރަހައްދުގެ ކޯޑިނޭޓަރ މާރިޔާދީދީ ވިދާޅުވަމުން ގެންދަވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މާލޭގައި އެމްޑީޕީން ކުރިއަށް ގެންދާ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގެ ތެރެއިން މާރިޔާ ދީދީ ބައެއް ގެތަކަށް ވަޑައިގެން ދަނީ ޑރ.މުއިއްޒަކީ މާލޭ މީހެއް ނޫން ކަމަށް ވިދާޅުވަމުންނެވެ.

"އެ ބޭޅާ އެއީ މާލެ ބޭފުޅެއްވެސް ނޫން. ވަށަފަރު ބޭފުޅެއް. މާލެ ބޭފުޅުން ކީއްކުރަންތޯ ރާއްޖެތެރޭ މީހަކަށް ވޯޓު ދޭންވީ" މާލޭގެ ގެއަކަށް ވަޑައިގެން މާރިޔާ ވިދާޅުވިއެވެ.

ޑރ.މުއިއްޒުގެ ބައްޕާފުޅަކީ ށ.ވަށަފަރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ޑރ.މުއިއްޒު އުފަންވެވަޑައިގަތީ މާލެއަށެވެ. އަދި އުޅެ ބޮޑުވީވެސް މާލޭގައެވެ. ޑރ.މުއިއްޒުގެ ބައްޕާފުޅު ވަށަފަރަށް ނިސްބަތްވެވަޑައިގަންނަވާތީ އެމްޑީޕީގެ އެކި ފަރާތްތަކުން މީގެ ކުރިންވެސް ދަށްކޮށްލުމުގެ ބޭނުމުގައި "ވަށަފަރު މުއިއްޒު" އޭ ކިޔާ ހަޖޫ ޖަހާފައިވެއެވެ. ވެރިކަން ކުރާ އެމްޑީޕީގެ އިސް ފަރާތްތަކަކީ ވަރަށް ބޮޑަށް "ބޭފުޅިޒަމް" ޕްރޮމޯޓުކުރާ ފަރާތްތަކެވެ. މިގޮތުން ހާއްސަކޮށް މާރިޔާދީދީ އާއި އަބްދުالله ޝާހިދަކީ ހަތަރުކަށިމަތި މާލެ ނޫން މީހުންނަކީ ދަށް ބައެއް ކަމުގައި ދެކޭ މީހުންނެވެ.

މާރިޔާ ދީދީ ޑރ.މުއިއްޒަށް ވޯޓު ނުދޭން ބުނަމުން އަންނަ އިރު އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް މާރިޔާ ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ޑރ.މުއިއްޒާ ގުޅޭ ހަގީގަތާ ހިލާފު އެތައް ގިނަ ވާހަކަތައް ދެއްކެވިއެވެ.

މި ލިއުމާއި ގުޅޭ