Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރާފުޅިތަކާއި އެކު ފުލުހުންނާއި ހަވާލުކުރި އިންޑިއާ މީހާގެ ބަންދަށް 15 ދުވަސް

އިއްޔެރޭ ދަބަހެއްގައި ބަނގުރާ ފުޅިތަކެއް ހިފައިގެން އެމްޓީސީސީގެ ބަހަކަށް އެރި އިންޑިއާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އިއްޔެ ރޭ މާފަންނު ބަސްޓާމިނަލުން ބަހަށް އެރި އެ މީހާގެ ދަބަހުގައި ޝައްކުވާ އެއްޗެހިތަކެއް ހުރިކަމަށް ބެލެވިގެން ބަހުގައި ތިބި އެމްޓީސީސީގެ މުވައްޒަފުން އޭނާގެ ދަބަސް ހުޅުވައި ދެއްކުމަށް އެދުނެވެ. ދަބަސް ހުޅުވައި އޭގައި ހުރި އެއްޗެއް ދެއްކުމަށް އިންކާރުކުރުމަށްފަހު، ކުޑަކޮށް ދަބަސް ހުޅުވައިލުމުން އޭގައި ބަނގުރާ ހުރިކަން ބަހުގައި ތިބި މުވައްޒަފުންނަށް އެނގުމާއެކު، ދަބަސް ދޫކޮށްލައި އެތަނުން ފިލުމަށް އޭނާ މަސައްކަތްކުރިއެވެ.

ނަމަވެސް ބަހުގައި ހުރި އެމްޓީސީސީގެ މުވައްޒަފެއް އޭނާ ފަހައި ދުވެ އަތުލައިގަތްކަމަށް މަންޒަރު ދުށް މީހުން ކިޔައިދިނެވެ. އަދި އޭނާ އަތުލައިގަތުމަށްފަހު ފުލުހަށް ގުޅައި، ފުލުހުންނާ އެމީހާވަނީ ހަވާލުކޮށްފައެވެ.

މި މައްސަލާގައި ހައްޔަރު ކުރީ 43 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޭނާގެ އަތުން 26 ފުޅި ބަނގުރާ ފެނިފައިވެއެވެ.

ރާއްޖޭގައި އިންޑިއާ މީހުން ޤާނޫނުތަކާ ޚިލާފު އަމަލުތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެފަދަ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނާމެދު އެކަށީގެންވާ ތަހުގީގެއް ނުކުރެވި ރާއްޖެއިން ފުރައިގެންދާން ދޫކޮށްލާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންގެ އިދާރާއަށް އަމާޒުވެއެވެ.

މި ލިއުމާއި ގުޅޭ