Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

ޑރ. ޖަމީލް ހަނދާން އާކޮށްދެއްވީ އަދުލުގެ ދާއިރާއާމެދު ރައީސް އިބްރާހިމް އަމަލުކުރެއްވި ގޮތް!

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ޝަރުއީ ދާއިރާއާމެދު އަމަލުކުރައްވާފައިވާ އަދި އަމަލު ކުރައްވަމުން އަންނަ ގޮތް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހަނދާން އާ ކޮށްދެއްވައިފިއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވަން އުޅުއްވާއިރު އެމަނިކުފާނު އަދުލުގެ ދާއިރާއާމެދު އަމަލު ކުރެއްވި ގޮތް ހަނދާން ކުރަން ޖެހޭކަމަށެވެ.

އެގޮތުން ޝަރުއީ ދާއިރާމެދު ރައީސް އިބްރާހިމް އަމަލު ކުރެއްވި ހަ ކަމެއް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ފުރަތަމަ ކަމަކަށް ޑރ. ޖަމީލް ފާހަގަކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމްޕްޒިޝަން ބަދަލު ނުކުރާކަމާއި ދަށު ކޯޓްތައް ޖޭއެސްސީގެ ތިބޭ ވަކީލުންގެ ޑެސްކްތަކަކަށް ހަދާލުމެވެ.

ދެވަނަ ކަމަކަށް އޭނާ ވިދާޅުވީ ފާޅުކަން ބޮޑުކޮށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި މަގާމުގެ ކުރިއެރުން ދޭކަމަށެވެ.
ތިން ވަނަ ކަމަކަށް ޑރ. ޖަމީލް ފާހަގަކުރެއްވީ ކޯޓްތަކަށް ބަޖެޓްގެ މިނިވަންކަން ދީފައި ނުވުމެވެ.
އަދި ހަތަރު ވަނަ ކަމަކަށް ކޯޓްތަކަށް އަމިއްލަ ގަވާއިދު ނުހެދޭކަން ފާހަގަކުރައްވާ ފަސް ވަނަ ކަމަކަށް ޑރ ޖަމީލް ވިދާޅުވީ ކޯޓްތަކުގެ އިދާރީ ހިންގުން ނިގުޅައިގަތްފައިވާކަމަށެވެ.

ފަހު ކަމަކަށް ޖަމީލް ވިދާޅުވީ މަތީ ކޯޓްތައް ކުރީގެ ނިންމުންތައް ބަލާނުގަނެ ސަރުކާރު ބޭނުން ތަރުޖަމާ ދޭތަންތަނަށް ހަދާލާފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ