ސިރާޖު ޕީޕީއެމްއާ ގުޅިވަޑައިގަތީ ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޖަލްސާގައެވެ.
ސިރާޖުގެ އިތުރުން ކުޅުދުށްފުށީގެ 25 ޒުވާނަކު ރޭ ވަނީ ޕީޕީއެމްއާ ގުޅިފައެވެ.
ސިރާޖަކީ މީގެ ކުރިން އެމްޑީޕީގައި ހުންނެވި ބޭފުޅެކެވެ. ސިރާޖު ޕީޕީއެމްއަށް ސޮއިކުރައްވާފައިވާއިރު ދާދިފަހުން ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވެސް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ޝިޔާމަކީ ވެސް ކުރިން އެމްޑީޕީގައި ހުންނެވި ބޭފުޅެކެވެ.