Wednesday 29th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަނގުރާ

ރާ ފުޅިތަކެއް ދަބަހަކަށް ލައިގެން ބަހަށް އެރި އިންޑިއާ މީހެއް އަތުލައިގެން ފުލުހުންނާ ހާވަލުކޮށްފި

ދަބަހެއްގައި ބަނގުރާ ފުޅިތަކެއް ހިފައިގެން އެމްޓީސީސީގެ ބަހަކަށް އެރި އިންޑިއާ މީހެއް ބަހުގައި ތިބި މީހުން އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީގެ ބަހަކަށް ރާ ފުޅި އަޅާފައި ހުރި ދަބަހެއް ހިފައިގެން އިންޑިއާ މީހަކު އެރީ ރޭގައެވެ. އޭނާގެ ދަބަހުގައި ޝައްކުވާ އެއްޗެހިތަކެއް ހުރިކަމަށް ބެލެވިގެން ބަހުގައި ތިބި އެމްޓީސީސީގެ މުވައްޒަފުން އޭނާގެ ދަބަސް ހުޅުވައި ދެއްކުމަށް އެދުނެވެ.

ދަބަސް ހުޅުވައި އޭގައި ހުރި އެއްޗެއް ދެއްކުމަށް އިންކާރުކުރުމަށްފަހު، ކުޑަކޮށް ދަބަސް ހުޅުވައިލުމުން އޭގައި ބަނގުރާ ހުރިކަން ބަހުގައި ތިބި މުވައްޒަފުންނަށް އެނގުމާއެކު، ދަބަސް ދޫކޮށްލައި އެތަނުން ފިލުމަށް އޭނާ މަސައްކަތްކުރިއެވެ.

ނަމަވެސް ބަހުގައި ހުރި އެމްޓީސީސީގެ މުވައްޒަފެއް އޭނާ ފަހައި ދުވެ އަތުލައިގަތްކަމަށް މަންޒަރު ދުށް މީހުން ކިޔައިދިނެވެ. އަދި އޭނާ އަތުލައިގަތުމަށްފަހު ފުލުހަށް ގުޅައި، ފުލުހުންނާ އެމީހާވަނީ ހަވާލުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި ރޭ މާފަންނު ބަސް ޓާމިނަލުން ބަނގުރަލުގެ މައްސަލައެއްގައި 43 އަހަރުގެ ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އޭނާ އަތުން 26 ފުޅި ބަނގުރާ ފެނިފައިވެއެވެ.

ރާއްޖޭގައި އިންޑިއާ މީހުން ޤާނޫނުތަކާ ޚިލާފު އަމަލުތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެފަދަ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނާމެދު ފިޔަވަޅެއް ނާޅައި ރާއްޖެއިން ފުރައިގެންދާން ދޫކޮށްލާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންގެ އިދާރާއަށް އަމާޒުވެއެވެ.

މި ލިއުމާއި ގުޅޭ