Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތ.ގުރައިދޫ

ތ.ގުރައިދޫ ކައުންސިލްގެ ހަމައެކަނި އެމްޑީޕީ މެމްބަރު ޕީޕީއެމްއަށް!

ތ.ގުރައިދޫ ކައުންސިލްގެ ހަމައެކަނި އެމްޑީޕީ މެމްބަރު ހަމްދާން އަލީ މިއަދު ޕީޕީއެމް އާއި ގުޅިވަޑައިގެންފިއެވެ.

ހަމްދާނަކީ ތާރީހުގައިވެސް އެ ކައުންސިލަށް ހޮވިވަޑައިގަތް އެންމެ ފުރަތަމަ އެމްޑީޕީ މެމްބަރެވެ. ހަމްދާން ޕީޕީއެމްއާ ގުޅިވަޑައިގަތުމުން އެ ދާއިރާގެ މަޖިލީސް މެމްބަރު ޣައްސާން މައުމޫން ވަނީ ހަމްދާނަށް މަރުހަބާ ދަންނަވާފައެވެ.

"ރައީސް ޔާމީންގެ ޕީޕީއެމްއާއި ހަމްދާން ގުޅިވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރަށުގެ ތަރައްގީ އަށް އޮތް ލޯބި ރަމްޒުކޮށްދޭ ހެއްކެއް. ޕީޕީއެމްއަށް ލިބުނު ބޮޑު ކުރިއެރުމެއް" ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

9 ސެޕްޓެމްބަރުގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ފަރާތްތަކުން އަންނަނީ ޕީޕީއެމްއާ ގުޅެމުންނެވެ. މިގޮތުން އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާ, އެ ޕާޓީއަށް ހަރަދުކުރާ ބައެއް ވިޔަފާރިވެރިން ދަނީ ފާޅުގައި ޑރ.މުއިއްޒަށް ތާއީދުކޮށް ކެމްޕެއިން ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ