Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ހުރިހާ ސްކޫލުތައް ވެސް ހުރީ ރަހުނުކޮށްފައި: މުޢިއްޒު

މި ސަރުކާރުން ރަހުނުކޮށްފައި އޮތީ ދެ ތަނެެއް ތިން ތަނެއް ނޫން ކަމަށާއި ހުރިހާ ސްކޫލުތައް ވެސް ހުރީ ރަހުނުކޮށްފައި ކަމަށް ޕްރޮގްރެސިވް ކޮންްގްރެސް ކޯލިޝަނުގެ ރިޔާާާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދެވަނަ ބުރުގެ ކެމްޕޭނަށް ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކަމަދުއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ އަޅުވެތިވާނީ އިގުތިސާދީ ގޮތުން މި ގައުމު އޮތީ އެެއް އަތަކަށް ގޮސް އަޅުވެތިވެފައި ކަމަށެވެ. އަދި މިކަމުން އަރައިގަންނަން ކޮންމެ ދިވެހި ރައްޔިތަކު ވެސް, ކޮންމެ ޕާޓީއެއްގަ ހުއްޓަސް ވިސްނުން އެއްގޮތް ކުރަން އެބަޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''މީ ހަގީގަތޭ. މި ހަގީގަތް ޑިނައިއެއް ނުކުރެވޭނެ ކޮންމެ ޕާޓީއެއްގަ ހުރިޔަސް. ލޯ ކުރިމަތީގަ ފެންނަން ހުންނަ ކަންތައް. މީ ރޭގަނޑު އެކަމު އެމްޑީޕީން ބުނަންވީ ދުވާލޭ. އެހެންވާކަމެއް ނޫނެއްނޫންތޯ މީކީއެއް.''
ޑރ.މުއިއްޒު ވިދާޅުވީ ވާާހަކަ ދައްކަވަނީ ސާފުކޮށް ފެންނަން ހުންނަ ހެކިތަކާއެކު ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ ހުރިހާ ސްކޫލުތައް ވެސް ރަހުނުކޮށްފައި ކަމަށެވެ.
''ރަހުނުކޮށްފަ އޮތީ ދެ ތަނެެއް ތިން ތަނެއް ނޫނޭ. ހުރިހާ ސްކޫލުތައް ވެސް ހުރީ ރަހުނުކޮށްފަ. އަޅުގަނޑަކަށް ނޫންތޯ އެންމެ ބޮޑަށް އެނގޭނީ އަޅުގަނޑު މި ހުރި މަގާމުގެ ހައިސިއްޔަތުން މާލޭގެ މޭޔަރަކަށް ހުރެގެން. ރަހުނު ކޮށްފަ ލޯނު ނަގަނީ ލޯނު ނަގަނީ.''
''އަޅުގަނޑުމެންގެ ދަރަަނީގެ %49 ވަކި ގައުމަކަށް ބަރޯސާވެފަ.'' އިންޑިއާއަށް އިޝާރަތް ކުރައްވަމުން ޑރ.މުޢިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުން ސްކޫލުތައް ރަހުނުކޮށްފައިވާ ކަމަށް މުޢިއްޒު ވިދާޅުވިއިރު, ރަހުނު ކުރުމުގެ ބޭނުމުގައި2021 ވަނަ އަހަރު ސަރުކާރުން ވަރަށް ގިނަ ސްކޫލުތައް ފިނޭންސް މިނިސްޓްރީގެ ރަޖިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ. މީގެއިތުރުން ސަރުކާރުގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ރަހުނުކޮށްފައި ސަރުކާރުން ވަނީ ބޮޑު ލޯނެއް ނަގާފައެވެ.
މި ލިއުމާއި ގުޅޭ