Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

ރިޝްވަތު ކައިގެން ޖަހާ މަސްގަނޑު ހައްގުކަން ބޮޑީ ނަރަކައަށް: ހުތުބާ

ރިޝްވަތު ފަދަ ހަރާމް ފައިސާއިން ހޯދާފައިވާ ހަރާމް އެއްޗެއް ކައިގެން ޖަހާ މަސްގަނޑު އެންމެ ހައްގުކަން ބޮޑީ ނަރަކައަށް ކަމަށް ރަސޫލާ (ޞ) ހަދީޘްކުރައްވާފައިވާ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
"ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ނުބައިކަން" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުކުރު ހުތުބާގައި ބުނީ ރިޝްވަތުދޭ މީހާއާއި ރިޝްވަތު އުފުލާ މީހާއާއި އެ ހިފާ މީހާއަށް މާތް ﷲ ލައުނަތް ލައްވާފައިވާ ކަމަށެވެ.
ހަރާމް ގޮތުގައި ހޯދާފައިވާ ތަކެތިން ކައިބޮއެ އުޅުމާއި، އުނުފޭރާން ލުމަކީ އެމީހެއްގެ އަމަލުތައް މާތް ﷲ ގަބޫލު ވެސް ނުކުރައްވާނެ ކަމަށް ކަމަށް ހުތުބާގައި ބުންޏެވެ.
ރިޝްވަތު ހަރާމް ކުރައްވާފައިވަނީ ހުތުބާގައި ބުނި ގޮތުގައި ރިޝްވަތަކީ މުޖްތަމައުގައި ފަސާދަ އުފެއްދުމަށް މެދުވެރިވާ ވަސީލަތަކަށް ވާތީ އެވެ. އަދި އެއީ ހައްގާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުންކުރެވޭ ހަތިޔާރަކަށް ވާތީ އެވެ.
ރިޝްވަތަކީ ހަރާމް އެއްޗަކަށް ވީހިނދު، އެފަދަ ފައިސާއެއްގައި ނުވަތަ މުދަލެއްގައި މުސްލިމުން ހިފައިގެން ނުވާނެކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
".. ކީރިތި ރަސޫލާ (ޞ) ގެ ރަދީޘްފުޅެއްގައި އައިސްފައިވާ ގޮތުން، ހަރާމް އެއްޗެއް ކައިގެން އެމީހެއްގެ ގައިގައި ޖަހާ މަސްގަނޑު، ނަރަކައަށް މާ ހައްގުކަން ބޮޑެވެ. މި ބަސްފުޅުން ދޭހަވަނީ މިފަދަ [ރިޝްވަތުގެ] ނުބައިކަމާއި ސުންޕާކަމެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ބުނި ގޮތުގައި ރިޝްވަތު ދިނުން މުޖްތަމައުގައި ގިނަވެ އެކަން އާންމުވެއްޖެނަމަ އެއީ ނުބައި ކަމެއްކަމަށް މީސްތަކުންނަށް ހީނުވާ ދަރަޖައަށް ގޮސްދާނެ އެވެ.
"ހަމަކަށަވަރުން ރިޝްވަތަކީ ހަދިޔާއެއް ނޫނެވެ. އެއީ ހައްގާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބޭނުންކުރެވޭ ވަރުގަދަ ޒަހަރެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
އަދުލު އިންސާފު ގާއިމުކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތާއި ރިޝްވަތުގެ އަމަލުތައް އިތުރުވެފައިވުމަކީ ގައުމާއި މުޖްތަމައު ހަލާތުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެއީ ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.
"ތިމާ ކަށްވަޅުގައި އޮންނަންޖެހޭ ވަގުތު ހަނދާން ކުރާށެވެ. ރިޝްވަތު ވަނީ ކަށްވަޅު އަނދިރިކުރާ އެއްޗަކަށެވެ. އީމާންކަމުގެ ނޫރު ނިއްވާލާ އެއްޗަކަށެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
ރިޝްވަތު ހިފުމަށް މަގުފަހިވާ ބައެއް ސަބަބުތައް ކަމަށް އިލްމުވެރިން ބަޔާންކުރައްވާފައިވާ ބައެއް ސަބަބުތަކަކީ ހުތުބާގައި ބުނި ގޮތުގައި ރިޒުގު ދެއްވަނީ މާތް ﷲ ކަން ގަބޫލު ނުކުރުމާއި، މިންވަރަށް އީމާން ނުވުމެވެ.
ފައިސާ ހޯދި ގޮތާއި އެ ފައިސާ ހޭދަކުރި ގޮތާމެދު ސުވާލުކުރެވޭ ދުވަސް އަންނާނެކަން ހަނދާންކޮށްދީ ހުތުބާގައި ވަނީ ރިޝްވަތު ނުހިފުމަށް ނަސޭހަތްތެރިވެފަ އެވެ.
މި ލިއުމާއި ގުޅޭ