Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫން އައިފޯން 15 ޕްރީއޯޑަރ އަށް ހުޅުވާލައިފި!

ހިތްގައިމު ރީތި އާ ޑިޒައިނާ އެކު އެޕަލް އިން ނެރެފަވާ އެންމެފަހުގެ އައިފޯން ލައިންއަޕް – އައިފޯން 15، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އުރީދޫ އިން މޫލީ މެދުވެރިކޮށް ޕްރީ އޯޑަރއަށް މިއަދު ހުޅުވާލައިފިއެވެ.
އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭހެނެވެ.
އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއި އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިންގ ޕޯޓް ހިމެނެ އެވެ.
އައިފޯންގެ މި އައު ލައިނަޕް ގެ ފޯނުތަކަށް 22 ސެޕްޓެމްބަރު 2023 އިން ފެށިގެން މޫލީ މެދުވެރިކޮށް ޕްރީއޯޑަރު ކުރެވޭނެއެވެ. ޕްރީ އޯރޑަރ ކުރައްވާ ކަސްޓަމަރުންނަށް 29 ސެޕްޓެމްބަރު 2023 ގައި ފޯނު ހަވާލުކުރެވޭނެކަމަށް ވެސް އުރީދޫ މޯލްޑިވްސް ބުނެފައިވެއެވެ.
ޕްރީ އޯޑަރ ކުރާ ކަސްޓަމަރުންނަށް ހާއްސަ އަގެއްގައި އައިފޯން 15 ސީރީޒްގެ ފޯނުތައް މޫލީ މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. މީގެ އިތުރުން ފޯނު ގަންނަ އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަަމް ވެސް އުރީދޫން ބުނެ އެވެ. ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑަރ ކުރައްވާ ފަރާތްތަކުން “Bonus100GB” ކީވޯޑާ ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކުރަން ޖެހޭނެ އެވެ.
ޕްރިއޯޑަރ ކުރުމަށް އަގުގެ ތަފްސީލާއި އިތުރު މައުލޫމާތު އުރީދޫގެ މޫލީ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.
މި ލިއުމާއި ގުޅޭ