Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ދެމުންއައި އެލަވެންސް ކަނޑާލުމަށްފަހު އަލުން ދޭން ފަށަނީ

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ދެމުން އައި އެލަވެންސް ކަނޑާލުމަށްފަހު އަނެއްކާވެސް އެ އެލަވެންސް ދޭން ފަށަން ސަރުކާރުން ނިންމައިފިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާހީމަށް ލިބުނު ލަދުވެތި ނަތީޖާއަށްފަހު ސަރުކާރުން އަންނަނީ ދެވަނަ ބުރުގައި އިތުރު ވޯޓު ހޯދުމަށް މުޅިން އާ ވައުދުތައް ވަމުންނެވެ. މިގޮތުން ރޭ މާލެ ސިޓީގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް ވަނީ ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެލެވެންސެއް ދޭން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

އެއީ ޕްރިންސިޕަލުންނާ މަޝްވަރާކުރުމަށްފަހު ގެނައި ބަދަލެއް ކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ. ޕްރިންސިޕަލުންނަށް ދޭން ނިންމާފައިވަނީ 7000 ރުފިޔާގެ އެލަވެންސެކެވެ.

މިއީ އަލަށް ދޭންފަށާ އެލަވެންސެއްގެ ގޮތުގައި ސަރުކާރުގެ ފަރާތްތަކުން އިއުލާންކުރި ނަމަވެސް މި އެލަވެންސަކީ އަބަދުވެސް ދެމުން އައި އެލެވެންސެކެވެ. މިގޮތުން ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 9000 ރުފިޔާގެ އެލަވެންސެއް މީގެކުރިން ލިބެއެވެ.

ނަމަވެސް 2022 ވަނަ އަހަރުގެ މޭއި މަހު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއި އެކު ސަރުކާރުންވަނީ އެ އެލަވެންސް ކަނޑާލާފައެވެ.

މި ލިއުމާއި ގުޅޭ