ރައީސް އިބްރާހީމަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް, އިންޑިއާއިން ދިވެހިރާއްޖެއަށް 3 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޭން އެއްބަސްވުމާއި އެކު ރައީސް އިބްރާހީމް މިރޭ ގިނަ އަދަދެއްގެ ވައުދުތައް ރައްޔިތުންނަށް ވެއްޖެއެވެ.
މިއަދު މެންދުރު އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މޫނު މަހާވަރު ވަނީ ފިނޭންސް މިނިސްޓަރު އަމީރާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ރާއްޖެއަށް 3 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދޭނެކަމުގެ ޔަގީންކަން ދީފައެވެ. އެކަން ކުރަން ހަމަޖެހިފައިވަނީ ބޮންޑުވިއްކައިގެންނެވެ.
އިންޑިއާއިން މި ޔަގީންކަން ދިނުމާއި އެކު މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމްވަނީ ގިނަގުނަ ވައުދުތަކެއްވެފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަން:
މިއިން އެއްވެސް ކަމަކީ މީގެކުރިން ރައީސް އިބްރާހީމް ވެފައިވާ ވައުދުތަކެއް ނޫނެވެ. މިތަނުން ބައެއްކަންކަން މިހާރު ކުރަން ނިންމާފައިވާއިރު އެއީ ބަޖެޓުގައި ހިމެނިފައިވާ ކަންކަމެއްވެސް ނޫނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާހީމަށް ލިބުނު ލަދުވެތި ނަތީޖާއާއި އެކު އެމަނިކުފާނު ދަނީ އިންތިހާބު ކާމިޔާބު ކުރުމަށް ދައުލަތުގެ އެންމެހާ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންނެވެ.