ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ "ކަނޑައެޅިގެން ހުރި ކަނޑު ކޮހެއް"ކަމަށް ޕީޕިއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ. ކަމަދޫއަށް ވަޑައިގެން ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
މެންބަރު ސަލީމްގެ ވާހަކަފުޅު ފެއްޓެވީ ރައީސް އިބްރާހިމްގެ ވެރިކަން ސިފަކުރައްވާ ޅެން ބައިތެއް ވިދާޅުވަމުންނެވެ.
"ބަލާއޭ ގައުމަށް މެދުވެރިވީ ސަލާމަތް މީހަކު ވިޔަނުމެދީ
"ކޮން އަނިޔާއެއްތޯ މީހުންނަށް ނުދެނީ، ހެސްކިޔާފައި މީހުންނަށް އަނިޔާ ދެމުން އެ ދަނީ" ސަލީމް ވިދާޅުވިއެވެ.
"އަޅުގަނޑު ނުދެކެން މިވަރުގެ ގަމާރެއް ވެރިކަމަށް އައި، ރާއްޖޭގެ ތާރީޚުގައިވެސް، ގަމާރެއް ވެއްޖެއްޔާ ބުނެވޭނީ ގަމާރެކޭ، ކަނޑު ކޮހެއް ވެއްޖެއްޔާ ބުނެބޭނީ ކަނޑު ކޮހެކޭ، ހަމަ ކަނޑައެޅިގެން ހުރި ކަނޑު ކޮހެއް މިއީ" ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ތާރީޚުގައިވެސް ރައްޔިތުންނަށް އެންމެ ބޮޑު އަނިޔާއެއް ދިން ވެރިއަކީ ރައީސް އިބްރާހިމްކަމަށެވެ.