Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ކޮންމެ އަތޮޅެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭނެ ގޮތް ހަދާނަން: ޑރ. މުޢިއްޒު

މާލޭގައި ހުންނަ ފެންވަރަށް ކޮންމެ އަތޮޅެއްގެ މައި އެއް ސްކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭމެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ބ.ކަމަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރާތްތަކަށް އެންމެ އިސްކަންދެއްވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އާއިލާތަކަށް ކަމަށެވެ. އެގޮތުން އެތައް ހާސް ވަޒީފާއެއް އެ ކުދިންނަށްޓަކައި އެ ފަރާތްތަކަށް ހަމަޖައްސައިދެއްވި ކަމަށާއި އެކަން ފެނިގެންދިޔަ ކަމަށެވެ.

''އެހެން ނަމަވެސް މިހާރު އެކަމެއް ނުފެނޭ. އޭރުގައި އެ އާއިލާތައް ވަރަށް އުފަލުގައި ދިރިއުޅުނު. އިރާދަކުރެއްވިއްޔާ އެ ސިޔާސަތު އަޅުގަނޑުމެން އަލުން އިއާދަކޮށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގަ އެފަދަ ފަރާތްތަކަށް އަދާކުރެވޭފަދަ ވަޒީފާތައް އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުގެ ހުރިހާ ދިމާއަކުން އަޅުގަނޑު ހުޅުވާލަދޭނަން.'' ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭރުން އެ ފުރުސަތު ބޭނުންވާ ކުދިންނަށް ފަރާތްތަކަށް އެ ފުރުސަތު ލިބިގެންގޮސް މި މުޖުތަމައުއަކީ ''އޯލް އިންކްލޫސިވް ސޮސައިޓީ'' އަކަށް ހަގީގަތުގައި ވެސް ހަދައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން އެފަދަ ކުދިންނަށް ކިޔަވައިދޭ ސްކޫލުތައް ރާއްޖޭގައި ވަރަށް މަދު ކަމަށާއި މާލޭގައި ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް އެ ސްކޫލުތަކުގައި ޚިދުމަތް ދިނުމުގައި ގޮންޖެހުންތައް ހުރިކަމަށް އެ ތަންތަނުގެ އިސް ވެރިން ވިދާޅުވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

''ވަސީލަތްތައް މަދު. ޓީޗަރުން މަދު. ޖާގައިގެ ދަތިކަން އެބަހުރި. އެހެން ނަމަވެސް އެ ކުދިންނާއި އެފަދަ އާއިލާތައް ގިނަ. އެންމެ އެކަށީގެންވާ އިސްކަމެއް ނުދެވޭ ސަރުކާރަކަށް. ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ތައުލީމާއި ތަރުބިއްޔަތާއި ތަމްރީނު ދިނުމުގައެއް. އެންމެންނާ އެކީގަ އުޅުމުގެ ފުރުސަތު ދޭންޖެހޭ.'' ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އެ ކަންކަމަށް އިސްކަން ދިނުމަށް މެނިފެސްޓޯގައި އެ ވާހަކަ ހިމަނާފައި އޮންނާނެ ކަމަށާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމުން މާލޭގައި ހުރި ސްކޫލުތަކުގައި ޖާގަ އިތުރުވެ ހުރިހާ ވަސީލަތްތަކާއި ޓީޗަރުން އިތުރު ކުރެވި އަދި އޭގެ އިތުރަށް ކޮންމެ އަތޮޅެއްގަ މައި އެއް ސްކޫލުގަ މި ގޮތަށް އެކަން ކޮށްދެއްވާނެ ކަމަށެވެ.

''މާލޭގަ ހުންނަ ފެންވަރަށް މާލޭގަ އަޕްގްރޭޑް ކުރެވޭ ފެންވަރަށް ކޮންމެ އަތޮޅެއްގަ މައި އެއް ސްކޫލުގަ ހަމަޖައްސައިދޭނަން.'' މުޢިއްޒު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ