''އަޅުގަނޑު ދަންނަވާނީ ކޮން އިރަކުތޯއޭ އަނިޔާކުރީ.''ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ.ޝަހީމް ވިދާޅުވީ އެފަދަ އިލްޒާމެއް ޑރ.މުޢިއްޒުގެ އިސްތަށިފުޅުގައި އަޅުވާނެހައި ޖާގައެއް ނެތް ކަމަށާއި ވާދަވެރިން އެފަދަ ވާހަކަތައް ދައްކަނީ ދައްކާނެ އިތުރު ވާހަކައެއް ނެތުމުގެ ސަބަބުން ގޮތް ހުސްވެގެން ކަމަށެވެ.
ޑރ.މުޢިއްޒަކީ މި ޒަމާނުގެ ތައުލީމު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ތަސައްވުރު ހަގީގަތަކަށް ހަދައިދިނުމުގައި އެންމެ އިސް ދައުރު އަދާކުރެއްވި ވަޒީރަކީ ވެސް ޑރ. މުޢިއްޒު ކަމަށެވެ.
އެމަނިކުފާނުގެ ގިޔާދަތުގައި ދިވެހިންނަށް ފެނިގެންދާނީ ފާގަތިކަމާއި ކުރިއެރުން ކަމަށާއި ދިވެހި ދައުލަތް ދަތުރުކުރަމުން ދާނީ އާ އުސްމިންތަކަކަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.