Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ރައީސް މާލޭގައި ބަނޑަހަ ޖަހައިގެން އެ ހުންނަނީ ދެވަނަ ބުރުން ވައްކަން ކުރަން ރާވަން: ޝިޔާމް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފެށުނު ފަހުން އެއްވެސް ރަށަކަށް ވަޑައިނުގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާލޭގައި ބަނޑަހަ ޖަހައިގެން އެ ހުންނަވަނީ އިންތިޚާބުން ވައްކަން ކުރުމަށް ނުބައިނުލަފާ ރޭވުންތައް ރާއްވަވަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

ބ.ކަމަދޫގައި މިރޭ ބޭއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޖަލްސާގައި ޝިޔާމް ވިދާޅުވީ ދިވެހި ދައުލަތުގެ ހުރިހާ ފައިސާއެއް ހިއްޕަވައިގެން އިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވާ ކަމެއް ނޭނގެ ކަމަށާއި ސެޕްޓެމްބަރު 9 އިން ފެށިގެން އަދިވެސް އެ ހުންނަވަނީ މާލޭގައި ކަމަށެވެ.

''އަޅުގަނޑުމެންނަށް މި އެނގުނީ ފަހުން %38 ލިބުނީމާ ދެން ނިންމީ ދެވަނަ ބުރުން ވައްކަން ކުރަން ކަން. ވައްކަން ކުރަން ނިންމައިގެން އެ ނުބައިނުލަފާ ރޭވުންތައް ރޭވުމުގައި އަވަދިނެތި މި ހުންނެވީ މާލޭގަ ބަނޑަހަ ޖަހައިގެން.'' ޝިޔާމް ވިދާޅުވިއެވެ.

އެކަން އެހެން ކުރައްވަން ޖެހިވަޑައިގަތީ ކެމްޕެއިން އެޖެންޓް މާރިޔާ އަޙްމަދު ދީދީއަށާއި ''ފައިސާ ފޮށި'' ހިފައިގެން ހުރި ބޭފުޅާއަކަށް ވެސް މިހާރު އިތުބާރެއް ނުކުރެވޭތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަމިއްލަފުޅަށް ހުރިހާ ކަމެއް ކުރައްވަން ހައްދަވައިގެން ރައްޔިތެއްގެ ހާލު އަހާ ނުލެވިގެން [އެ އުޅުއްވަނީ]
ޝިޔާމް


މީގެއިތުރުން ޝިޔާމް ވިދާޅުވީ މިހާރު އަރިހުގައި ތިބި އެންމެން ރައީސް އިބްރާހިމް ދޫކޮށް ހިނގައްޖެ ކަމަށާއި ކެމްޕޭންކޮށް ދިނުމަށް ރަށްރަށުގައި ތިބި އިސް ފަރާތްތައް މިއަދު އެކަން ހުއްޓާލައިފައި ގެއަށް ވަދެއްޖެ ކަމަށެވެ.

މި ލިއުމާއި ގުޅޭ